ކޮވިޑް-19ގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (ދަރުބާރުގެ) ގައި ރެއާއި ދުވާލު މަސައްކަތްކުރި ހިދުމަތް ތެރިންނަށް ކެއުމަށް ދުވާލަކަށް 160 ރުފިޔާގެ ރޭޓުން ކެއުމުގެ ޚަރަދު ހަމަޖެއްސުމުން މިކަމުގައި ކޮރަޕްޝަން ހިމެނޭކަމަށްބުނެ ވަގަށް ގޮވާތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމްގެ އިހުސާސްތައް ބަންޑުން ކޮށްލައްވައިފިއެވެ.

ކޯވިޑް19 އާއި ގުޅިގެން ދަރުބާރުގޭގައި ރެއާއި ދުވާލު ވަރަށް ގިނަ ވަގުތު ވަރަށް ބުރަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޞިއްހީ ހިދުމަތްތެރިންނާއި ކަމާއި ގުޅުންހުރި އިދާރާތަކުގެ ބޭފުޅުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖައްސަނީ އެންޑީއެމްއޭ އިންނެވެ. އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި ދަރުބާރުގޭގައި މަސައްކަތް ކުރި މީހުންނަށް މިހާތަނަށް 5.9 މިލިޔަން ރުފިޔާ ޚަރަދުވެފައިވާކަން ވަނީ ހާމަވެފައެވެ.

މިއާއިއެކު ބައެއް ފަރާތްތަކުން ދަރުބާރުގޭގައި ހިދުމަތް ކުރެއްވި ބޭފުޅުންނަށް އަމާޒުކޮށް ދައްކަމުންދާ ވާހަތަކަށް ރައްދު ދެއްވަމުން ރޮޒޭނާ ވިދާޅުވީ 1700 އަށްވުރެ ގިނަ މީހުން ދަރުބާރުގޭގައި އެއްވެސް ވަރުބަލިކަމެއްނެތި ހިދުމަތް ދެމުންދިޔައިރު އެމީހުންނަށް ދުވާލަކަށް ކަނޑައެޅިފައިވާ ވަކި ރޭޓަކުން ކެއުން ހަމަޖެއްސުމަކީ ވައްކަމެއްކަމަށް ނުބުނެވޭނެކަމަށެވެ.

"1700 މީހުން ދަރުބާރުގޭގައި މަސައްކަތް ކުރިއިރު އެތައް މަހެއް ވަންދެން އެތައް ސަތޭކަ މީހުންގެ ކެއުމަށް ދުވާލަކަށް ބޮލަކަށް 160 ރުފިޔާ ބޮޑެއްނޫން. މި އުޅެނީ 8000 ރުފިޔާ ބޮލަކަށް ނަގައިގެން ރިހާކުރު ދިޔަ ބޯންދީގެން ނޫން." ރޮޒޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރުބާރުގޭގައި މަސައްކަތް ކުރެއްވި ހިދުމަތްތެރިންނަކީ އަމިއްލަ އާއިލާއާއި އަނބިދަރީން އެތައް ދުވަހަކު ލޮލަށް ނުފެނި ޤައުމަށް ހިދުމަތް ކޮށްދެއްވުމުގައި ގުރާބާންވީ ބަޔަކަށްވާއިރު އެމީހުންގެ އަގުވަޒަން ކުރުމުގެ ބަދަލުގައި ވަގަށް ގޮވުމަކީ ދަށު ދަރަޖައިގެ އަމަލެއްކަމަށެވެ.

"އެތައް މަހެއް ވަންދެން އަނބިދަރީންނާއި، ދުރުގައި، ހޭބޯނާރާ ދިވެހި ރައްޔިތުންގެ ހިދުމުތުގައި އެތައް މަސައްކަތެއް ކޮށްދިން ބަަޔަކަށް ކާއެތިކޮޅެއް ދީގެން އެކަމާއި ކަންބޮޑުވެގެން ވާހަކަ ދައްކަން ލަދު ގަންނަންޖެހޭ. ގިނަ މީހުން އެތާ މަސައްކަތް ކުރީ ވޮލެންޓިއަރުންގެ ގޮތުގައި އެމީހުން ކުރިމަސައްކަތުގެ އަގު ވަޒަން ނުކުރިތާ، ކާ އެއްޗެއް ކެއީމަ ވަގަށް ގޮވުން މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. މި އުނދަގޫ ދަތި ވަގުތު ޤައުމަށް ހިދުމަތް ކޮށްދޭން ނުކުތް ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އަޑިން ފަށްފަށުން ޝުކުރު ދަންނަވަން." ރޮޒޭނާ ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދަރުބާރުގެ އާއި ބައެއް އައިސޮލޭޝަން ފެސިލިޓީތަކާއި ބިދޭސީން ވަގުތީ ގޮތުން ބައިތިއްބާ ފެސިލިޓީތަކަށް އެންޑީއެމްއޭ އިން ކެއިން ބުއިން ފޯރުކޮށްދިނީ އެކި ފަރާތްތަކާ ހަވާލުކޮށްގެންނެވެ. އެ ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައިވާ ގޮތުން ފައިސާ ދައްކަން ޖެހޭނީ ކޮންމެ ދުވަހެއްގެ ކެއުމަށް، އެ ވަގުތަކު އޯޑަރުކުރާ މީހުންގެ އަދަދަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ރޭޓަށް ކަމަށް އޮޑިޓުގައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު


4

ކިނބޫ

18-Sep-2020

ރަތަށް އެރިތަ ރަޑަވަންގުޅި? އިތުރަށ ރަތް އަރުވާލަން ވާނެ. ވަރަށް މަޖާ.


-5

ވަރަބިނދުނުކޮތަރު

18-Sep-2020

މަންޖައަށް ހީވަނީ ގައުމަށް މަސައްކަތް ކޮއްދޭންޖެހެނީ ދެވޭ ކާއެތިކޮޅަކަށް ޓަކައި ތަ ؟ ކިތަންމީހުންނާ ސުވާކުކޮއް ބެލިންތަ ؟ އެބަޔަކު މަސައްކަތް ކުރީ ގައުމުން އެކެއްޗެއް ވެސް ނުދިނަސް ވަރިހަމަކަމަށް ، ތިހާގިނަވަގުތު މަސައްކަތް ކުރާއިރު ހާދަ ފައިސާއެއް ލިބޭނެ އޭ ޖަވާބަކަށް ވީ މީގައުމީ ހިދްމަތެއް ފައިސާބޭނުމެއް ނޫން . ގައުމަށް މަސައްކަތް ކޮއްދިން ބައެއްގެ އަގުވަޒަން ނުކުރީ ތިބަޔަކު . އެއްބަޔަކު އަނެއް ބަޔަކަށް މުސާރަޔާ ޢިނާޔަތުގެ ގޮތުގަ ތަފާތު ކުރީ ތިބަޔަކު . ބަޔަކު މުއްސަދި ކުރަން ބޮޑު އަގުގަ ތަކެތި ސަޕްލައިކޮއް ގެސްޓް ހައުސްތަކަށް މީހުންއަޅާ މިސަރުކާރުން ނާޗަރަގީ ކުޅެ އެފަދަ ހާލަތެއް ގަ ޑުރާމާކުޅެ ރައްޔިތުން ސައިޒަށް ކަޑާލާ ހިދްމަތް ވިއްކާއަގު ކިޔާބަޔަކަށް ހެދީ މިސަރުކާރުން ، މިއުޅެނީ އިބޫސޯލިހަށް ވޯޓްލާކަށް ރައްޔިތުން ނިކުމެއެއް ނޫން ނޫރާނީއާގެއިން ސައިބޮންދިނީމަ އިބޫސޯލިހަށްތާއީދު ކޮއް ވޯޓްލާކަށް . ރައްޔިތުން ސައިޒަށް ކަޑާލާ ޕޮރޮފެޝަނަލް ރައްޔިތުން ރިސްވަތައް ހެއްލޭދަރަޖައަށް ވައްޓާލީ . . ސާފުވޭތަ މަންޖޭ ކިޔާއެއްޗެއް .



ޓްރެންޑިން