ސަރުކާރުގެ އިދާރާތަކުންނާއި ކަމާގުޅުންހުރި އިދާރާތަކުން ކުރާ ކަންކަން ބަލައި އެކަންކަމާއިމެދު ރިޕޯޓްތައް ނެރުމުގައި ހިމަނަންޖެހޭ މައުލޫމާތު ނުހިމަނާވެސް ރިޕޯޓްނެރެ އާންމު ކުރަން މުއައްސަސާތައް މިއަދު ފަރިތަ ވެފައިވާކަމަށް ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރ އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކޯވިޑް 19 އާއި ގުޅިގެން ކުރަމުންދާ ޚަރަދުތަކުގެ ކޮންޕްލައަންސް އޮޑިޓް ރިޕޯޓްތައް ހަދައި އެ ރިޕޯޓްތައް އާންމުކުރަމުންދާ މިދަނޑިވަޅުގައި އިލްހާމް ވިދާޅުވީ މީގެ ދުވަސްތަކެއް ކުރިން ޚާއްސަކޮށް މިވެރިކަން އައުމުގެ ކުރިން އެމުއައްސަސާތަކާއި، އެމުއައްސާތަކުގައި މިހާރުވެސް ތިއްބެވި ވެރިން ތިއްބެވިކަމަށެވެ. އޭރު ޤައުމުގައި ހިނގައިދިޔަ ކަމެއް ކުރި ކަމެއް ހާމަކޮށްލަން ކުޑަމިނުން ސުރުހީއެއްވެސް އަޅާލަން ނުކުރެނު މުއައްސަސާތަކެއްގެ ގޮތުގައި މިއަދު އެންމެ އެކްޓިވް ވެގެން އުޅޭ މުއައްސަސާތައް ހިމެނޭކަމަށް ކުރީގެ މަޖިލިސް މެންބަރު އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ މުއައްސާތަކުގެ ތެރެއިން މިއަދު ރިޕޯޓްތައް ވަރަށް ފަރިތަކަމާއިއެކު ނެރެމުންދާ ފަރާތަކީ މީގެކުރިންވެސް ހަމަ އެމަޤާމުގައި އެ ވުޒާރާ ބެލެހެއްޓެވި ބޭފުޅާކަމަށެވެ. ނަމަވެސް މިއަދު ހިމަނަން ޖެހޭ މައުލޫމާތާއި، ލިޔެކިޔުން ނުހިމަނާވެސް ނިކަން ފަރިތަކަމާއިއެކު ހަމަ އެބޭފުޅާއަށް ރިޕޯޓްތައް ނެރެވި ލިޔެވެމުންދާ މަންޒަރު ފެންނަމުންދާކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އެއިރު އެ މުއައްސަސާގެ ވެރިން ތިއްބެވީ ކަނުބަނދެފައި ކަމަށް މީހަކު ބުނި. މިހާރުވެސް ތިއްބެވީ ހަމަ އެ ވެރިން ކަމަށްވަނީ. ތަފާތަކީ ރިޕޯޓްތައް ނެރެން މިހާރު ވަރަށް ފަރިތަވެފައި ހިމަނަންޖެހޭ މަޢުލޫމާތުވެސް ނުހިމަނައި ވަރަށް ކެރޭކަން ދައްކަން އުޅޭކަން." އިލްހާމް އަހުމަދު ވިދާޅުވިއެވެ.

ކޯވިޑް19 އާއި ގުޅިގެން ކުރެވެމުންދާ ޚަރަދުތަކުގެ އޮޑިޓް ކުރައްވައި އޮޑިޓާ ޖެނެރަލް ރިޕޯޓްތައް އާންމު ކުރައްވަމުންދާއިރު މިހާތަނަށް ނެރުނު ރިޕޯޓްތަކުގައި ގިނަ މައުލޫމާތުތަކެއް ނުހިމަނައި ވަކިގޮތަކަށް ރިޕޯޓްތައް ތައްޔާރު ކޮށްފައިވާކަމަށް ބައެއް މުއައްސަސާތަކުން ވަނީ ބުނެފައެވެ. އަދި މިއީ ވަކި މަޤްސަދެއްގައި ނެރުއްވާ ރިޕޯތްތަކެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ.

މީގެ ތެރެއިން ހެލްތް މިނިސްޓްރީއާއި، އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓްގައި އޮޑިޓާ ޖެނެރަލް އާންމުކޮށްފައިވާ މައުލޫމާތުތަކަކީ ބަލަންޖެހޭ ވަރަށް ނުބަލައި ދީފައިވާ މައުލޫމާތުތައްވެސް ނުހިމަނައި އަމިއްލަ އަށް ފެންނަ ގޮތަކަށް ލިޔެ އާންމުކޮށްފައިވާ ރިޕޯޓްތަކެއްކަމަށް އެ ދެއިދާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ކޯވިޑާއި ގުޅިގެން އެންމެ ފުރަތަމަ މަސައްކަތް ފެށި ދުވަހުން ފެށިގެން އޮޑިޓް އޮފީހުން އެންޑީއެމްތެރޭގައި ތިއްބަވައިގެން އޮޑިޓްގެ ކަންކަން ބެލުމަށް ދިން ފުރުސަތުގެ ބޭނުންވެސް އެބޭފުޅުންނުކޮށް އެކަމަށް އިޖާބަވެސް ދީފައި ނުވާކަމަށް އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

އަހުމަދު

22-Sep-2020

100٪ ބަލާފަ ނޫންގޮތަކަށް ރިޕޯޓު ނެރެފައިވާކަން ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅަންވީ.. ޤާނޫނެއްނެތިްޔާ ހަދަންވީ... މީހުންގެ އިއްޒަތް ނަގާލެވިގެންނުވާނެ.


8

އިބުރާ

22-Sep-2020

ކޮންވާހަކައެއް ދައްކާކަށް ތިޔައީ ސިޔާސީ ގޮތުން ފެއިލްވެފައިވާ ބައެއް!


3

މަ

19-Sep-2020

އެމްއެމްޕީއާރުސީ ގެ ރިޕޯޓު ނެރުނީ ކޮން މުއައްސަސާއަކުން ކޮންއިރަކުތޯ ބަލަަލަން ވީނު.


22

ީިއިލޫ

19-Sep-2020

ޜިޕޯޓްނެރުނުނަމަ އިލޫސަލާމަތެއްނުވާނެ


0

މުޙައްމަދުބެ

19-Sep-2020

ކަލޯ އޭރުވެސް ރިޕޯރޓު ނެރުނޭ... އެއިރަކު ނޯވޭ މިގޮތަށް ކޮރަޕްޝަނެއް... އެހެންވީމަ މީހުން މާބޮޑަށް ރިޕޯރޓަކާއި އަޅައި ގަނެގެން ނޫޅޭނެ.. މީ ރިއަލިޓީ އަކީ


-8

މުޙައްމަދުބެ

19-Sep-2020

ކަލޯ އޭރުވެސް ރިޕޯރޓު ނެރުނޭ... އެއިރަކު ނޯވޭ މިގޮތަށް ކޮރަޕްޝަނެއް... އެހެންވީމަ މީހުން މާބޮޑަށް ރިޕޯރޓަކާއި އަޅައި ގަނެގެން ނޫޅޭނެ.. މީ ރިއަލިޓީ އަކީ


-13

އަހްމަދު

18-Sep-2020

ކަލޯ އޭރުވެސް ރިޕޯރޓު ނެރުނޭ... އެއިރަކު ނޯވޭ މިގޮތަށް ކޮރަޕްޝަނެއް... އެހެންވީމަ މީހުން މާބޮޑަށް ރިޕޯރޓަކާއި އަޅައި ގަނެގެން ނޫޅޭނެ.. މީ ރިއަލިޓީ އަކީ


5

އަހްމަދު

18-Sep-2020

ކަލޯ އޭރުވެސް ރިޕޯރޓު ނެރުނޭ... އެއިރަކު ނޯވޭ މިގޮތަށް ކޮރަޕްޝަނެއް... އެހެންވީމަ މީހުން މާބޮޑަށް ރިޕޯރޓަކާއި އަޅައި ގަނެގެން ނޫޅޭނެ.. މީ ރިއަލިޓީ އަކީ



ޓްރެންޑިން