ރެންޑަމް ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމް
ރެންޑަމް ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމް
އިތުރު ދެމީހުން ޕޮޒިޓިވްވެ، ގދ. ހޯޑެއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 44 އަށް އަރައިފިއެވެ.

ހޯނޑެއްދޫގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 38 މީހުންނަށް މިހާރުވެސް ދަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 2 މީހުންނަށް ފަރުވާދެނީ، ގއ.ވިލިގިލީ ކޮވިޑް ފެސިލިޓީގައެެވެ. އެރަށުން ބަލި ޖެހުނު މީހުންގެ ތެރެއިން 4 މީހުންވަނީ ބަލިން ރަގަޅުވެފައެވެ.

އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ، މިމަހުގެ 3 ވަނަ ދުވަހުއެވެ. އެއީ ހޯމް ކަރަންޓީންގައި ތިބި 4 މީހުން ބައްޔަށް ޕޮޒިޓިވްވުމުންނެވެ. އަދި އޭގެފަހުން އެމީހުންނާއި ގުޅުމެއް ނެތް ބައެއްގެ ފަރާތުން ބަލީގެ އަލާމަތްތައް ފެނުމުން ސާމްޕަލް ނަގައި ޓެސްޓްކުރުމުން އެމީހުންވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެރަށުގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރެމުންދާތީ، އެރަށާއި ކޯޒްވޭއަކުން ގުޅާލާފައިވާ މަޑަވެލިވަނީ މޮނީޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ.

އަދި އެރަށުގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. މިގޮތުން މިހާތަނަށް އެރަށުން 344 ސާމްޕަލް ނަގާ، ޓެސްޓްކޮށްފައިވެއެވެ. މީގެތެރެއިން 50 ސާމްޕަލްގެ ނަތީޖާ އަދި ނުލިބިވާ ކަމަށާއި، 250 ސާމްޕަލް ނެގެޓިވް ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

މިހާރުވެސް 20 ރަށުގައި ބަލި ޖެހިފައިވާ 68 މީހުންނަށް ފަރުވާދެމުންދާ ކަމަށް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ. އޭގެތެރޭގައި ހިމެނެނީ، 55 ދިވެހިންނާއި 13 ބިދޭސީންނެވެ. މީގެ އިތުރުން 29 ރިސޯޓުގައި 21 ފަތުރުވެރިންނާއި، 48 މުވައްޒަފުންނަށްވެސް ދަނީ މިބަލި ޖެހިގެން ފަރުވާދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން