ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުންދާ ވެލާނާ ބިލްޑިންގް
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުންދާ ވެލާނާ ބިލްޑިންގް
އެޗްޕީއޭ އިން ފުޅާ ދާއިރާއެއްގައި ހިންގާ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި މި އިންސްޕެކްޝަންގައި ސަރުކާރާއި ޕްރައިވެޓް އޮފީސްތަކާއި ޢާއްމު ދަތުރުފަތުރުގެ ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ މިންވަރު ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ގްރޭޓަރ މާލެ ސަރަހައްދުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މާސް އިންސްޕެކްޝަނަކީ ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އާއްމުކޮށްފައިވާ ގަޢިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ކުރިޔަށްގެންދާ އިނިސްޕެކްޝަނެކެވެ. މި އިންސްޕެކްޝަން ކުރިއަށްގެންދާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

މިއީ ޢާއްމު ޚިދުމަތްދޭ ތަންތަނުން އުސޫލުތަކާއި އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް އެ އެޖެންސީއިން މީގެކުރިންވެސް ހިންގި މާސް އިންސްޕެކްޝަންގެ އިތުރު ބުރެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މިއިނިސްޕެކްޝަންގައި އުސޫލުތަކާއި ޚިލާފަށް ޢާއްމު ޚިދުމަތްދޭކަން ފާހަގަކުރެވޭ ތަންތަނާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން ފުރަތަމަ ފަހަރު 48 ގަޑިއިރަށް ތަން ބަންދުކުރާނެ ކަމަށާއި، ދެވަނަ ފަހަރު 3 ދުވަހަށް ތަން ބަންދުކުރުމަށްފަހު 1000ރ އިން ޖޫރިމަނާކުރުމަށް ނިންމާފައިވާއިރު، ތިންވަނަ ފަހަރު 5 ދުވަހަށް ތަން ބަންދުކުރުމަށްފަހު 1000ރ އިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާތީ، ގިނަ ބަޔަކު އެއްވެގެން ޚިދުމަތް ހޯދާ ތަންތަނުގައި ވަކި ޚާއްސަ އުސޫލެއްގެ ދަށުން އަމަލުކުރުމަށް އެޗް.ޕީ.އޭއިން ވަނީ ގައިޑްލައިންތަކެއް ކަނޑައަޅާފައެވެ. އަދި މިގައިޑްލައިންތަކާ ޚިލާފުވާ ފަރާތްތަކާމެދު އެޗްޕީއޭއިން ދަނީ ހަރުކަށި ފިޔަވަޅު އަޅުއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން