ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީ އިން ވަނީ ޒިޔާދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަހުޤީޤު ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައިވާކަން ޔަގީންކޮށްދީފައެވެ. ބައެއް މީޑީޔާ ތަކަށް މައުލޫމާތު ދެއްވަމުން އޭސީސީގެ އޮފިޝަލަކު ވިދާޅުވީ މި މައްސަލައިގައި ދައުވާ އުފުލުމާމެދު ޕީޖީ އޮފީހުން ދެތިން ދުވަސް ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

ޒިޔާދު ބާގިރުއާ ގުޅޭ މައްސަލަތަކެއް އޭސީސީން ބަލާފައިވާއިރު، ނިމިދިޔަ ސަރުކާރުގައި މިނިސްޓްރީގައި ނޫޅޭ މުވައްޒަފެއްގެ މުސާރައިގެ ގޮތުގައި އެތައް ހާސް ރުފިޔާ ނަގާފައިވާ މައްސަލައެއް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. އަދި ބައެއް މުވައްޒަފުން ޙައްޤުވާ މިންވަރަށްވުރެ އިތުރަށް މުސާރަ ނަގާފައިވުމާއި، އެފަދަ ގިނަ މައްސަލަތަކެއް އޭރުގެ އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އޭސީސީ އިން ބުނީ ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދު ބާގިރުއާ ގުޅޭގޮތުން އޭސީސީން ދައުވާ ކުރުމަށް ފޮނުވާފައިވާ މައްސަލަތަކުގެ ތަފްސީލު ފަހުން ހާމަ ކުރާނެ ކަމަށެވެ. ޑރ. ޒިޔާދަށް ދައުވާ ކުރަނީ ކޮން މައްސަލައެއްގައި ކަމެއް އޭސީސީ އިން އަދި ހާމައެއް ނުކުރެއެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ޒިޔާދުގެ މައްޗަށް ދަޢުވާ ކުރަނީ ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކުރި މައްސަލައާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން