ރާއްޖޭގެ ރަށެއް
ރާއްޖޭގެ ރަށެއް
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދަޢުލަތުގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާއްމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 1.1 ބިލިއަން ރުފިޔާ ލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު 587 މިލިއަން ރުފިޔާއަށްވުރެ 563.4 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ހަމައެއާއެކު، އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހު ފަތުރުވެރިކަމަށް 2،674 އެނދު ވަނީ އިތުރުވެފައެވެ. އަދި އޮކިއުޕެންސީވެސް 43 އިންސައްތަ އިތުރުވެފައިވެއެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސް ނަގަން ފަށާފައިވަނީ، 2016 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެންނެވެ.

އެގޮތުން ރިސޯޓްތަކާއި ސަފާރީތައް އަދި ހޮޓާ ތަކަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ބާރަ ޑޮލަރެވެ. އަދި ގެސްޓްހައުސް ތަކުގައި ޗުއްޓީ ހޭދަޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ހަ ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.



ކިޔުންތެރިންގެ ހިޔާލު