މިދިޔަ އަހަރަށްވުރެ ދަޢުލަތުގެ މިއަހަރުގެ ކެޕިޓަލް ޚަރަދު 61.4 އިންސައްތަ ދަށްވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މާލީވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 19.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 17.9 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 3.5 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދުވަނީ 61.4 އިންސައްތައިން ދަށްވެފައެވެ.
މިދިޔަ ހަފްތާގެ ނިޔަލަށް ދަޢުލަތުން ކެޕިޓަލް ހަރަދުގެ ގޮތުގައި ބަޖެޓުން ހޭދަކޮށްފައިވަނީ 2.3 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި، ބްރިޖާއި، އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ހަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 1.9 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ވަނީ ހޭދަކޮށްފައެވެ. މިއީ މިއަހަރަށް މިކަންކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ 16.9 އިންސައްތައެވެ.
މިދިޔަ ހަފްތާގެ ނިޔަލަށް ދަޢުލަތުގެ ރިކަރަންޓް ހަރަދުގެ 58.1 އިންސައްތަ ޚަރަދު ކޮށްފައިވަނީ، އޮފީސްތަކުގެ އިދާރީ ހިންގުމަށް ކަމަށް ތަފާސްހިސާބުން ދައްކައެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.9 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 66.6 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި މެއިންޓެނަންސްގެ ހަރަދު ވަނީ 16.4 އިންސައްތައިން ދަށްވެފައެވެ.
އޭގެއިތުރުން ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރި ހޭދަ ވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 8 އިންސައްތައިން ދަށްވެފައެވެ. އަދި ދައުލަތުން ފޯރުކޮށްދޭ އެހީ އާއި ސަބްސިޑީއަށް ކުރި ހޭދަވެސް ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 6.5 އިންސައްތައިން ވަނީ ދަށްވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު