ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމަށް ތާއީދުކުރާ 96،000 އަށްވުރެ ގިނަ ރައްޔިތުން މިރާއްޖޭގައި އެބަތިބިކަމަށާއި، އެއީ މޮޔައިންކަމަށް ނުހެދޭނެކަމުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ލައިވް ޓީވީ ޝޯއެއްގައި ރައީސް ޔާމީނާ ގުޅޭގޮތުން އަލީ ނިޒާރު ދެއްކެވި ވާހަތަކުން ތަންކޮޅެއް ނަގައިގެން މީީޑާއަކުން ގެނެސްދީފައިވާ ޚަބަރު ކުށްވެރިކޮށް އަލީ ނިޒާރު ވިދާޅުވީ މީޑީޔާތަކުންވެސް ޒިންމާދާރުކަމާއިއެކު މަސައްކަތް ކުރަންޖެހޭކަމަށެވެ. ލައިވް ޝޯތަކުގައި ދައްކާ ވާހަތަކުން ކުޑަ ކުޑަ ތަންކޮޅެއް ނަގައިގެން، ދެއްކި ވާހަތަކުގެ މާނަ އޮޅޭގޮތަށް ޚަބަރު ގެނެސް ދިނުމަކީ ޒިންމާދާރު ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ އޭނާއާއި އަދި މިއަދުގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ތާއީދު ނުކުރާ ބޭފުޅަކަށްވިޔަސް ރައީސް ޔާމީނަކީވެސް މިޤައުމުގެ އެތައްހާސް ރައްޔިތުންތަކެއްގެ ތާއީދު އޮތް ބޭފުޅެއްކަމަށް އަލީ ނިޒާޒު ވިދާޅުވިއެވެ. އަދި އެއިން ކޮންމެ ބޭފުޅަކީ މޮޔައެއް ނުވަތަ ބުއްދި ހަމަނުޖެހޭ މީހަކަށް ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެކަމުގައި އޭނާ ވިދާޅުވިއެވެ.

"ލައިވް ޝޯއެއްގައިދެވޭ ޖަވާބަކުން ތަން ކޮޅެއް ނަގައި ހެޑްލައިން ހެދުމަކީ ޒިންމާދާރު ގޮތެއްނޫން. ޔާމިންއަށް އަޅުގަނޑު ތާއީދު ނުކުރިޔަސް ޔާމީން އަށް ތާއީދުކުރާ 96،000 ރައްޔިތުން މި ރާއްޖޭގައި އެބަތިބި. އަދި އެ ރައްޔިތު މޮޔައިން ކަމަށް ނެހެދޭނެ." އަލީ ނިޒާރު ވިދާޅުވި އެވެ.

ރޭ ލައިވްކޮށް ރާއްޖޭގެ ޓީވީ ސްޓޭޝަނަކުން ގެނެސްދިން ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން އަލީ ނިޒާރުވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަންކަން ހިނގައިދިޔަ ގޮތަށް ތަފްސީލީ ގޮތެއްގައޮ ވާހަކަ ދައްކަވާފައެވެ. އެގޮތުން އެވެރިކަމުގައި އެތައްބަޔަކު ޖަލަށްލައި ކުރެވިދިޔަ އަނިޔާތަކާއި، އިންސާފުން ބޭރުން ކުރަމުންދިޔަ އެތައް ކަމެއްގެ ވާހަކަ އޭނާ ވަނީ ދައްކަވާފައެވެ.

2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 23ވަނަ ދުވަހު ނެގި ރިޔާސީ އިންތިޚާބުގެ ވޯޓުގައި އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަލި ކުރައްވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 38،000 ވޯޓުގެ ބޮޑު ތަފާތަކުންނެވެ. ރައީސް ޞާލިހު އިންތިޚާބު ކާމިޔާބު ކުރެއްވީ 134128 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓު ހޯއްދަވައިގެންނެވެ. ކުރީގެ ރައީސް ޔާމީނަށް ލިބިވަޑައިގަތީ 95631 ވޯޓެވެ. އެއީ 41.6 ޕަސެންޓު ވޯޓެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބޮޑު ތަފާތަކުން ކާމިޔާބުކޮށް އަދި މަޖިލިސް އިންތިޚާބްވެސް ސުޕަމެޖޯރިޓީއަކާއިއެކު އެމްޑީޕީން ކާމިޔާބު ކުރިނަމަވެސް މިއަދު ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތުންނާއި ސިޔާސީ މަސްރަހު އެނބުރިފައިވާގޮތުން އެމްޑީޕީއަށް ވޯޓަކުން އިންތިޚާބެއް ކާމިޔާބު ކުރުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


12

ޙޖބު

22-Sep-2020

ނޫންތިއީމުޅިންރަގަޅުވާހަކައެއްނޫން. އަހަރެން ޔާމީނަކަށްތާއީދެއްނުކުރަން. އެކަމަކުވޯޓުދިނީ ޔާމީނަށް. ސަބަބަކީ އައްނިއަކީ ގައުމަށްޖެހިފައިވާފިތުނައެއް އަދި ދީނުގެ އަދުއްވެއްކަމަށްއަހަންނަށްގަބޫލުކުރެވޭތީ



ޓްރެންޑިން