އެކާވީސް ވަނަ ގަރުނުގައި ދުނިޔޭގެ ޤައުމުތަކަށް އަންނަ ތަރައްޤީއާއެކު މިއީ ރާއްޖެއަށްވެސް އެތަރައްޤީ ގެންނަން މަސައްކަތް ކޮށް ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅަންޖެހޭ ވަގުތެއްކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ އޭ 380 ގެ މަތިންދާ ބޯޓެއް ޖެއްސި ހަނދާންތައް އާކުރަށްވައި، ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ފަސްއެނބުރި ބަލަންވީ ވަގުތު ނޫންކަމަށެވެ. ދިވެހިން މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ތަރައްޤީގައި ޚާއްސަކޮށް ދަތުރުފަތުރު ކުރުމުގައި ފެށި ކާމިޔާބު މަސައްކަތް ފަހަތަށް ދާނޭހެން ކަންކަން ބައްޓަން ކުރުމަކީ ދިވެހި ރައްޔިތުން ގަބޫލް ކުރާނެ ކަމެއްނޫންކަމަށް ސައީދު ވިދާޅުވިއެވެ.

އޭ 380 ގެ މަތިންދާ ބޯޓް ދިވެހި ޕައިލެޓަކާއިއެކު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ޖައްސާފައިވަނީ 2018 ވަނަ އަހަރުގެ މިއަދުގެ ތާރީހުގައެވެ. ސައީދު ވަނީ އެދުވަހުގެ ހަނދާންތައް އާކުރަށްފައި އާ ރަންވޭ ހުޅުވައި އޭ 380ގެ މަތިންދާ ބޯޓު ޖެއްސި ފޮޓޯއާއިއެކު ޓްވީޓް ކުރައްވާފައެވެ. އަދި މިއީ ޤައުމު ކުރިއަށް ގެންގޮސް ފެރީ ދަތުރާއި އަސްގާޑީޔާގެ ބޭނުންކޮށްގެން ދަތުރު ކުރަންވީ ޒަމާން ނޫންކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ ބައިނަލް އަގުވާމީ ވައިގެ ބަނދަރަށް އޭ 380 ގެ މަތިންދާ ބޯޓް ފުރަތަމަ ޖެއްސީ ދިވެހި ޕައިލެޓަކާއިއެކު 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ބޭރުން ރާއްޖެއަށް އަސްގާޑިޔާ ގެނަސް، ފެރީ އިން މީހުން އުފުލުމުގެ ވިސްނުން އިބްރާހިމް މުހައްމަދު ޞާލިހު ދޫކޮށްލަންޖެހޭ. ވެރީން ބަލަންޖެހޭނީ ކުރިއަށް. ޝުކުރިއްޔާ ރައީސް ޔާމީން." މުހައްމަދު ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ ބައިނަލް އަޤުވާމީ ވައިގެ ބަނދަރަށް އޭ 380 ގެ މަތިންދާ ބޯޓް ޖެއްސި ދުވަހަކީވެސް ދިވެހިންނަށް ތާރީޚީ ދުވަހެކެވެ. އެއީ ދެވަނަ ފަަހަރަށް ސާފް ސުޒުކީ ޗެމްޕިއަންޝިޕްގެ ތަށި، ދިވެހި ގައުމީ ޓީމު ކާމިޔާބު ކުރުމުން އެ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތު ބޭއްވި ދުވަސްވެސް މެއެވެ.

އެދުވަހުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވީދާޅުވީ ރާއްޖެ އަށް ލިބުނު މިނިވަންކަމާއެކު ކުރަން ޖެހުނު އެންމެ މުހިންމު ކަމަކަށްވީ އިނގިރޭސިންގެ އެހީއާ ނުލައި ރާއްޖޭން ބޭރަށް ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ. އެކަމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވީ އޭރުގެ ރައީސް މަރުހޫމް އިބްރާހީމް ނާސިރުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ އެއާޕޯޓެއްގައި ފުރަތަމަ ފަހަރަށް އޭ 380 މަރުކާގެ މަތިންދާބޯޓެއް ޖެއްސި މި ތާރީޚީ ދުވަހު، އާ ރަންވޭއަށް ޖެއްސީ ޔޫއޭއީގެ އިއްތިހާދު އެއާވޭސްގެ އެއާބަސް އޭ 861-380 މަރުކާގެ ބޯޓެކެވެ. ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ގޮވައިގެން އައި އެ ބޯޓުގެ ޕައިލެޓުކަން ކުރީ ދިވެހި ޕައިލެޓް އަލީ އަހްސަން އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން