މީރާގެ ބޯޑަށް އައްޔަންކުރަން އިސްކަންދޭ ލިސްޓުގެ ކުރީގައި އޮތީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީގެ ދަރިކަލުން މުހައްމަދު އިމްތިނާން ސައުދުالله ގެ ނަންކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ބޯޑުން ހުސްވާ 4 މެންބަރުންގެ މަގާމަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ. މެންބަރު ސައުދުﷲއަކީ އެ ކޮމިޓީގެ ނައިބު މުގައްރިރެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ފޮނުއްވި ނަންތައް އިއްވާފައިވާއިރު އެއްވަނައިގައި އޮތީ، އިމްތިނާންގެ ނަމެވެ. އިމްތިނާން ވަނީ މީގެ ކުރިން އެމްއެމްއޭގެ ސީނިއާ ރިސާޗް އެނަލިސްޓްގެ މަގާމު ފުރުއްވައިފައެވެ.
ލިސްޓު ތަރުތީބުން ދެވަނައިގައި އިސްމާއީލް ހަމްދޫން އޮތްއިރު އައިޝަތު ޝަޒްރާގެ ނަން އޮތީ 3 ވަނައިގައެވެ. އޭގެ އިތުރުން ލިސްޓުގެ ހަތަރު ވަނައިގައި އޮތް އިދުހާމް ހުސައިނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުޝީރު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ އާއިލީ ބޭފުޅެކެވެ.
މީރާގެ ބޯޑަށް މެންބަރުން އައްޔަނު ކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވާއިރު މީރާގައި މިހާރު ތިއްބެވި ބޯޑު މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ދައުރު މި މަހުގެ 31 ވަނަ ދުވަހު ހަމަވާނެއެވެ.
މީރާގެ ބޯޑުގައި މި ވަގުތު ތިއްބެވި 7 މެންބަރުންނަކީ، ޗެއާޕާސަން އަދި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ އާއި، ޑެޕިއުޓީ ޗެއާޕާސަން ލީނާ މުހައްމަދު ޒާހިރު ހުސައިނާއި، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރާއި، ބޯޑު މެންބަރުން ކަމަށްވާ އައިޝަތު އަޝާ އަލީ އާއި، ދަހާ ޝުއައިބާއި، މުމްތާޒް އަބްދުއްރަޝީދާއި، ހުޝާމް ވަހީދެވެ.

ކިޔުންތެރިންގެ ހިޔާލު