ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހުސެއިން މުހަންމަދާއި ސަލާމްކުރައްވަނީ
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހުސެއިން މުހަންމަދާއި ސަލާމްކުރައްވަނީ
މަރްހޫމް ހުސައިން މުހަންމަދަކީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި، ޖުމްހޫރީ ޕާޓީއަށްވެސް ގެއްލިގެންދިޔަ އަގުނުކުރެވޭވަރު ޚިދުމަތްތެރިއެއް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މަރްހޫމް ހުސައިން މުހަންމަދުގެ ޒިކުރާ އައުކުރުމުގެ ގޮތުން، ޖުމްހޫރީ ޕާޓީން އިންތިޒާމުކޮށްގެން ބުރާސްފަތި ދުވަހުގެރޭ ވާޗުއަލްކޮށް ބޭއްވި ތަޢުބީނުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މަރްހޫމް ހުސައިން މުހަންމަދުގެ ވަކިވެދިއުމަކީ ގެއްލިގެންދިޔަ ވަރަށް މުހިންމު ރަހްމަތްތެރި އެއް ކަމަށެވެ.

މަރްހޫމް ހުސައިން މުހަންމަދަކީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކުރެއްވި ޚިދުމަތްތެރި ބޭފުޅެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ގެއްލިގެން އެދިޔައީ ވަރަށްވެސް އަގުހުރި އަޅުގަނޑުމެންގެ އަޚެއް. ވަރަށް ގާތްކަމާއި ރަށްޓެރިކަމާއި އިޚްލާސްތެރި ރަހްމަތްތެރިކަން އަޅުގަނޑުމެންނާ އެކީގައި ބަހައްޓަވައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް." ގާސިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން