މި ސަރުކާރުން އަލަށް ފެށި ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 157 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖޭގެ އުތުރުގައި 19 ސެޕްޓެމްބަރު 2024 ގައި ބަންކަރިންގެ ހިދުމަތް ފެށީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ވިޓޯލްއާ ގުޅިގެންނެވެ. އެ ކުންފުންޏަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.
އެ ޚިދުމަތުގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން، އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އިންވެސްޓްކޮށްފައެވެ. އަދި މިހާތަނަށް ބަންކަރިންގ ޚިދުމަތުން 157 މިލިޔަން ރުފިޔާގެ އާމްދަނީއެއް ދަޢުލަތަށް ވަނީ ލިބިފައެވެ.
ބަންކަރިންގެ ޚިދުމަތް ދިނުމަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓު ބޭނުންކުރަމުންދާއިރު، އެންމެ ގިނައިން ޚިދުމަތް ދެވިފައިވަނީ މާލޭ ސަރަހައްދުންނެވެ. އެ ސަރަހައްދުން އެކަނި 128.7 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މީގެ އިތުރުން އިހަވަންދިއްޕޮޅާއި، ނ. އަތޮޅު އަދި ވ. އަތޮޅުންވެސް މި ޚިދުމަތް ދީފައިވެއެވެ.
ބަންކަރިން ޚިދުމަތުގައި ވީއެލްއެސްއެފްއޯ (ލޯ-ސަލްފަރ އޮއިލް) ވިއްކައިގެން ލިބިފައިވަނީ، 132.5 މިލިޔަން ރުފިޔާއެވެ. އޭގެ އިތުރުން ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގ ލައިންގެ ބޯޓަކަށް މި ޚިދުމަތުގެ ދަށުން 1،200 ޓަނުގެ ފެން ފޯރުކޮށްދީފައިވެއެވެ.
އިހަވަންދިއްޕޮޅުގައި ފެށި މި ހިދުމަތުގެ ދަށުން، އެންމެ ފުރަތަމަ ބަންކަރިން ހިދުމަތް ފޯރުކޮށްދެވުނީ އެމްއެސްއެސް އިން އޮޕަރޭޓްކުރާ "ވައިސީ ބެރިއާ" އުޅަނދަށެވެ. މިއީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ، މަހަކު 200 ޓަނުގެ ތެޔޮ ބޭނުންކުރާ އުޅަނދެކެވެ.
އިހަވަންދިއްޕޮޅަކީ ދުނިޔޭގެ މުހިންމު ޝިޕިން ރޫޓްތަކާ ގުޅިފައިވާ، މެރިޓައިމް ހިދުމަތްތައް ތަރައްގީކުރުމަށް އެކަށޭނަ ސަރަހައްދެއް ކަމަށާއި، މި ސަރަހައްދުގައި ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު