ޒަހީނުއްދީން ސަޢީދު   19 ސެޕްޓެމްބަރު 2020 - 4:46
މީހެއްގެ ކޮވިޑް ސާމްޕަލް ނަގަނީ
މީހެއްގެ ކޮވިޑް ސާމްޕަލް ނަގަނީ
ރާއްޖެއިން އިތުރު 74 މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި 74 މީހުންގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 37 ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން 70 މީހަކު މާލެއިން ޕޮޒިޓިވްވިއިރު އަތޮޅު ތެރެއިން ޕޮޒިޓިވްވީ ހަތަރު މީހުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިއަދަދުތަކާއި އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 9568 އަށް އަރާފަ އެވެ. މިހާރު ބައްޔަށް ފަރުވާ ކުރަމުންދާ ބަލިޖެހިފައި ތިބި ކޭސްތަކުގެ އަދަދު ހުރީ 1452 ގަ އެވެ.  މިއަދު އިތުރު 44 މީހަކު ކޮވިޑުން ރަނގަޅުވެ، ރާއްޖެއިން ރަނގަޅުވި ޖުމްލަ އަދަދު ވަނީ 8077 އަށް އަރާފަ އެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން