މާލެއިން ގައްދޫއަށް ގޮސް ހޯމްކަރަންޓީންގައި ހުރި ބިދޭސީއަކު، އިއްޔެ ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށައިފި އެވެ.

ގައްދޫ ކައުންސިލުން ބުނީ ގައްދޫއިން މިފެނުނު ކޯވިޑް-19 ކޭސް ގެ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މިކަމާއި ގުޅިގެން ކޯވިޑް-19 ގައްދޫ ޓާސްކްފޯސް އިން ވަނީ ކޮންޓެކްޓް ޓްރޭސިންގ ނިމެންދެން ގިނަމީހުން އެއްވެ ތަންތަނުގައި ނޫޅުމާއި ފިހާރަތަކަށް ވަދެ އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުމާއިއެކު އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން ފިހާރައަށް ނުވަނުމާއި އަދި ހުރިހާ ވަގުތެއްގައިވެސް މާސްކް އަޅައިގެން ނޫނީ ނޫޅުމަށް އިލްތިމާސް ކޮށްފައެވެ.

މިދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް ސިއްހަތާ ބެހޭ ފަރާތްތަކުންނާއި ގައްދޫ ކައުންސިލް އިދާރާއާއި ގައްދޫ ކޯވިޑް-19 ޓާސްކްފޯހުން އަންގާ އެންގުންތަކަށް ފުރިހަމައަށް އެއްބާރުލުންދީ ސަމާލުވުމަށް ވަނީ އެދިފައެވެ. އަދި ވަކީން ޚާއްސަކޮށް ހޮޓާތަކާއި ކެފޭތަކުގައި ވެސް ގައިދުރުކަން ބަހައްޓައިގެން ނޫނީ ނުތިބުމަށާއި މާސްކް އަޅައިގެން ތިބުމަށް ކައުންސިލުން ވަނީ އަންގާފައެވެ. މިއީ ގައްދޫ އިން ކޯވިޑްގެ ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ.

ރާއްޖެއިން ކޯވިޑް-19އަށް މިހާތަނަށް 9568 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 1452 މީހުންނަށް މިހާރު ފަރުވާދެމުންދާއިރު މީގެ ތެރެއިން ހޮސްޕިޓަލުގައި 106 މީހުންނަށް ދަނީ ފަރުވާދެމުންނެވެ. މިހާތަނަށް ބަލިން 8077 މީހަކު ވަނީ ރަނގަޅު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން