ކޮވިޑް ސާމްޕަލް ނަގަނީ: މިއަދު 81 މީހުން ޕޮޒިޓިވްވި
ކޮވިޑް ސާމްޕަލް ނަގަނީ: މިއަދު 81 މީހުން ޕޮޒިޓިވްވި
މިއަދު 81 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި 81 މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 23 ބިދޭސީން ކަމަށެވެ. 81 މީހުންގެ ތެރެއިން 70 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އަދި އަތޮޅު ތެރެއިން 11 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

މިއަދު 111 މީހަކު ބަލިން ރަނގަޅުވި އިރު ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 8188 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9649 އަށް އަރާފައެވެ. މިހާރު އެކްޓިވް ކޭސްގެ އަދަދަކީ 1422 އެވެ. މީގެ ތެރެއިން 111 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަގެންދެއެވެ. 33 މީހަކު މި ބަލީގައި ވަނީ ނިޔާވެފައެވެ. ނިޔާވި މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ.

ރާއްޖޭގައި ބަލިޖެހުނު މީހުންގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ 6122 އަށް އަރާފައެވެ. މިހާތަނަށް ބަލިޖެހުނު ބިދޭސީންގެ އަދަދަކީ 3564 އެވެ. ބަލިޖެހުނު ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ބަންގުލަދޭޝް މީހުންނެވެ.

އަތޮޅު ތެރޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު މިވަގުތު 21 ރަށެއްގައި ބަލިޖެހިފައި ތިބި މީހުން އެބަތިބި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. މީގެ ތެރެއިން ހޯނޑެއްދޫން މިހާތަނަށް 44 ކޭސް ފެނިފައިވާ އިރު އެރަށުގައި ތިބި އެކްޓިވް ކޭސްގެ އަދަދަކީ މިހާރު 17 އެވެ. 22 ރަށުގައި މިވަގުތު 48 އެކްޓިވް ކޭސް ހިމެނޭ އިރު މީގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެއީ 34 ދިވެހިންނެވެ. އަތޮޅު ތެރޭގެ އެކްޓިވް ކޭސްގެ ތެރެއިން ބިދޭސީންގެ އަދަދަކީ 14އެވެ.

މޮނިޓަރިންގެ ހާލަތުގައި ދެރަށެއް އެބައޮތް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އެއީ ގދ. ހޯނޑެއްދޫއާއި ގދ. މަޑަވެއްޔެވެ. އަތޮޅު ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ށ. އަތޮޅު ކޮވިޑް ފެސިލިޓީ އަދި ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި 4 މީހަކަށް ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން