ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
އިންސާފު ގާއިމްކުރަން ފުރުސަތު ލިބުމުން ވެސް އެކަން ނުކޮށް، އަނިޔާގެ ވާހަކަ ދައްކަން ތިބުމަކީ މާނައެއް އޮތް ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން މިހެން ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުގައި އަނިޔާކޮށް މަރާލާފައިވާ އީވާން ނަސީމުގެ މަރުގެ ހާދިސާއާއި އެހާދިސާއާއި ގުޅިގެން ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކުން ސިފައިން ބަޑިޖެހުމުގެ ސަބަބުން ބަޔަކު މަރުވި ހާދިސާއަށް 17 އަހަރު ފުރުން ފާހަގަކުރަމުން ގެންދާއިރު އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީގެ އާންމު މެމްބަރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފާޑުވިދާޅުވަމުންދާތީ އެކަމަށް އިޝާރަތްކުރައްވަމުންނެވެ.

އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާފު ހޯދައިދިނުމަށް އެތަކެއް ފަަހަރު ފުރުސަތު ލިބުމުން ވެސް އިންސާފާއި އަދާލަތު ގާއިމު ކުރުމުގެ ބަދަލުގައި އަނިޔާގެ ވާހަކަ ދައްކާލަ ދައްކާލަ ތިބުމަކީ އެއްވެސް މާނައެއް އޮތްކަމެއް ނޫން ކަމަށެވެ.



އީވާން ނަސީމް ޖަލުގައި އަނިޔާކޮށް މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މިހާދިސާއާއި ގުޅިގެން ޖެހިގެން އައި 20 ވަނަ ދުވަހު ޖަލުގެ ގައިދީން އިހުތިޖާޖުކޮށް ހިނގާދިޔަ ހަމަނުޖެހުން ތަކުގައި ސިފައިން ވަނީ ބަޑިޖެހުމުން އިތުރު ބަޔަކު ވަނީ މަރުވެފައެވެ. އީވާން ނަސީމް މަރާލި މައްސަލަ ބެލުމަށް މައުމޫންގެ ސަރުކާރުން ރިޔާސީ ކޮމިޝަނެއް އުފައްދައިގެން މައްސަލަ ބަލައި އެ މައްސަލާގައި ހިމެނޭ 12 މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ.

އޭގެ ތެރެއިން އީވާން މަރާލުމުގެ ކުށް ސާބިތުވެގެން އަށް މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވިއެވެ. މައުމޫންގެ ސަރުކާރަށްފަހު ދެން އުފެދުނު ވެރިކަމުގެ ރައީސަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. މައުމޫން ސަރުކާރުގެ އަނިޔާއައި ކޮރަޕްޝަނާއި ދެކޮޅަށް ވަކާލާތުކޮށް އިންސާފު ހޯދައި ދޭން ވަޢުދުވެގެން ރައީސް ނަޝީދު ވެރިކަމަށް އައި ނަމަވެސް ވެރިކަމުގައި ހޭދަ ކުރެއްވި ތިން އަހަރާއި ދުވަސްކޮޅުގެ މުއްދަތުގައި އެފަދަ މައްސަލަ މައްސަލަ ތަކުގައި އިންސާފު ހޯދައި ދިނުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރައްވާފައި ނުވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މީގެ އިތުރުން ވެރިކަން ހޯދުމަށް އެމްޑީޕީން ރައީސް މައުމޫނާއެކު އަނެއްކާވެސް ކޯލިޝަން ހަދައި ބައިއަތު ހިފައިގެން ވެރިކަން ކާމިޔާބުކޮށް އެމަނިކުފާނުގެ ޕާޓީ އަށް ސަރުކާރުން ބައިއަޅައިގެން ތިބެ މިއަދު އަނެއްކާވެސް މައުމޫނުގެ އަނިޔާގެ ވާހަކައާއި އިންސާފުގެ ވާހަކަ ދައްކާތީ ގިނަ ބަޔެއްގެ ފާޑުކިޔުން އެމްޑީޕީއާއި ރައީސް ނަޝީދަށް އަމާޒުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ފެޅަފި

22-Sep-2020

ވެރިކަމުގައި އުޅުއްވާ ބޭފުޅުން އެއްބަޔަކު އަނެއްބަޔަކާ ވަރަށްގުޅޭ, ވީމާ ކޮންމެ ޕާޓީ އަކުން ވެރިކަން ހިންގިޔަސް އެއީ އެކައްޗެއް. ޚިޔާލާ ފިކުރު އެއްގޮތް. ތަފާތަކީ މުސާރަ ލިބޭ މީހާ ނޫންތޯ? ރއޔތނ ނަކަށް ވަކި ޕާޓީ އަކުން ވެރިކަން ހިންގައިގެން ވަކިމޮޅެއް ނެތް ދެއްތޯ?



ޓްރެންޑިން