މީހަކު ކުށެއް ކުރިކަމަށް ދެކި އެމީހަކާއިމެދު އޮތް މައްސަލައަކަށް މަޢާފުކޮށް ހިތް ހަލާސް ކުރުމަށްފަހު އެކަން ސިޔާސީ ކަމަކަށް ހެދުމަކީ ގޯހެއް ކަމަށާއި، އެކަންކަމާއި ސުވާލު ކުރެވޭނެ ދުވަހެއް އޮތްކަމަށް ޤަބޫލުކުރަންޖެހޭ ކަމުގައި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ސިޔާސީ އެކި ކަންތައްތަކާއި، އެނޫންވެސް ކަންކަމުގައި ރައީސް މައުމޫނާއި ރައީސް ނަޝީދާއި ދެމެދު އޮތް މައްސަލަތަކަށް ނިމުން ގެނެސް ރައީސް މައުމޫނަށް މަޢާފް ކުރެއްވިކަން ރައީސް ނަޝީދު ހާމަކުރެއްވުމަށްފަހު އަނެއްކާވެސް މައުމޫނާއި އޮތް ޒާތީ މައްސަލަތައް ނެރެގެން ރައީސް ނަޝީދު އުޅުއްވާ މައްސަލާގައި މޫސަ ވިދާޅުވީ މަޢާފް ކުރުމަށްފަހު ދެން އެކަން ސިޔާސީ ކަމަކަށް ހަދައި ހަގީގަތް ބަދަލު ކުރަން އުޅުމަކީ ހުތުރު ކަމެއްކަމަށެވެ.

ތިމާ މަޢާފް ކުރާ މީހާއަށް މަޢާފްކުރުމަށްފަހު މަޢާފްލިބުނުމީހާ ކުށް ތަކުރާރު ނުކުރާނަމަ އެމީހަކަށް އިޙްތިރާމްކުރުމާ ގާތްކަން ބޭއްވުމަކީ ކުރަންޖެހޭ ކަމެއް ކަމަށް މޫސަ ވިދާޅުވިއެވެ. އެއީ ތިމާގެ ސިޔާސީ އެޖެންޑާތައް ހާސިލް ކުރުމަށް ބޭނުންވާ ކޮންމެ ހިނދެއްގައި ބަދަލުކޮށް ކޮޅުކޮޅަށް އެނބުރެން އޮންނަ ކަމެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ.

"މަޢާފްކުރުމަކީ އިންސާނީ އެންމެރިވެތި އަޚްލާޤް. ތިމާ އަނެކާއަށް މަޢާފްކުރުމަށްފަހު މަޢާފްލިބުނުމީހާ ކުށް ތަކުރާރު ނުކުރާނަމަ އެމީހަކަށް އިޙްތިރާމްކުރުމާ ގާތްކަން ބޭއްވުމަކީ ކުރަންޖެހޭ ކަމެއް. އެއީ ސިޔާސީ ކަމެއްނޫން. ﷲގެ ޙަޟުރަތުގާ ޖަވާބުދާރީވާދުވަސް އަދިއޮތީ." ރީކޯ މޫސާ މަނިކް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އުނަގަނޑުގެ އޮޕަރޭޝަނަކަށް ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް މިވެރިކަން ފެށުމާއި ހަމަޔަށް އެޤައުމުގެ ހިމާޔަތުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވިދާޅުވެފައިވަނީ މައުމޫނާ އެކު އޮތް ނުތަނަވަސްކަން ނައްތައިލައްވަން ބޭނުންފުޅުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މާޒީގައި ހިފަހައްޓަވައިގެން ހުރެ މުސްތަގުބަލެއް ބިނާ ނުކުރެއްވޭނެ ކަމަށެވެ.

"ކިހިނެއްތޯ މުސްތަގުބަލެއް ބިނާ ކުރާނީ، އަބަދު މާޒީގައި ހިފަހައްޓައިގެން ހުރެގެން، އަޅުގަނޑު ރައީސް މައުމޫނަށް މަޢާފް ކޮށްފިން." ރައީސް ނަޝީދު 2016 ވަނަ އަހަރު ވިދާޅުވިއެވެ.

ރައީސް މައޫނަށް މަޢާފްކުރެއްވިކަން ހާމަކުރެއްވުމަށްފަހު ރައީސް ނަޝީދު އަނެއްކާވެސް ރައީސް މައުމޫނުގެ ވެރިކަމުގައި ހިންގާފައިވާ ކަންކަމާއި ބެހޭގޮތުން ރައީސް މައުމޫނަށް ނިސްބަތްކުރަށްވައި ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ރައީސް ނަޝީދަށް ވަނީ އަމާޒުވެފައެވެ. އަދި މިއަދު ރައީސް ނަޝީދުގެ ވާހަކަތައް ބައްޓަން ވެފައިވަނީ ސިޔާސީ ގޮތުން ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލް ނުވުމުން އެކަމުގެ ބަދަލު ހިފުމަށް ކުރާ ކަމެއްގެ ގޮތުގައިކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ހައިރާން

22-Sep-2020

މޫސައަށް ތިކަންވިސްނުނީމާ ވަރަށް އުފާވެއްޖެ އިޝާﷲ ދަށްކަވަން ހުރިކަމެއް ދައްކަވާނެ ކަމުގެހެކި މިފެންނަނީ



ޓްރެންޑިން