ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ދަށުން ހިންގާ އިންޖީނުގެތަކާއިއެތަންތަން ހިންގުމަށް ޤާއިމުކުރެވިފައިވާ އެންމެހާ ވަސީލަތްތައް އަގުމަގުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތް ނިންމައި އެސެޓް ވެލުއޭޝަން ރިޕޯޓު ފެނަކަކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި ރިޕޯޓު ހަވާލުކުރީ މިއަދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދާއި މިރިޕޯޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަނެވެ.

ރާއްޖެއަކީ ތެލުގެ މުއްސަނދިކަން ނެތް ޤައުމަކަށްވާތީ، ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާން ޖެހިފައިވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލަށް އަންނަ ކޮންމެ ބަދަލަކީ އޭގެ ސަބަބުން އެކަމުގެ އެދެވޭ އަދި ނޭދެވޭ އަސަރުތަކެއް ރާއްޖޭގެ އިޤްތިޞާދަށް ކުރާ ކަމެކެވެ. ބައެއް ރަށްރަށުގައި މިހާރު ބޭނުންކުރެވޭ ކަރަންޓުގެ ނިޒާމުތަކަކީ ގިނަދުވަސްވެ ބައުވެފައިވާ ނިޒާމުތަކެއް ކަމުން އެނިޒާމު ވެފައިވަނީ ހިންގުމުގެ ޚަރަދު ބޮޑު ނިޒާމުތަކަކަށެވެ. އަދި ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ޤައުމަކަށްވާތީ، ކޮންމެ ރަށަކަށް ކަރަންޓުގެ ޚިދުމަތް ދެމުންގެންދަނީ އެރަށެއްގައި ވަކި އިންޖީނުގެ އަކާއި ކަރަންޓު ވިއުގައެއް ޤާއިމުކޮށްގެންނެވެ. މި ނިޒާމުތަކަކީ އެއްވެސް ޑިޒައިނެއް، ޕްލޭނެއްނެތި އަމިއްލަ ފަރާތްތަކާއި ރަށްކުރިއަރުވާ ކޮމެޓީތަކުން ޤާއިމުކޮށްފައިވާ، ގިނަދުވަސް ވެފައިވާ ނިޒާމުތަކެކެވެ.

މީގެއިތުރުން ކަރަންޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، 2009 ވަނަ އަހަރު ސަރުކާރުން ޔުޓިލިޓީ ކުންފުނިތަކެއް އުފައްދައި، ރާއްޖޭގެ 07 ސަރަހަށްދަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދޭންފެށުނެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އުފައްދަވައި ޔުޓިލިޓީ ކުންފުނިތަކުން ދެމުން ގެންދިޔަ ޚިދުމަތްތައް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ދެމުން ގެންދާ ޚިދުމަތްތަކެއްގެ ގޮތަށް ބަދަލުކުރެވުނީ 2012 ވަނަ އަހަރުއެވެ. އެހެންކަމުން ފެނަކަ ކޯފަރޭޝަން ލިމިޓެޑްގެ ދަށުގައިވާ ހަރުމުދަލުގެ ރަޖިސްޓްރީއެއް މިހާތަނަށް އެކުލަވާލާފައެއް ނުވެއެވެ.

މިއަދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާކުރެވުނު މި ރިޕޯޓަކީ އެކުންފުނީގެ ބެލުމުގެ ދަށުގައިވާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ހުރިހާ ހަރު މުދަލެއްގެ ހަމަ އަގު ފުރަތަމަ ފަހަރަށް އެނގިގެންދާ ރިޕޯޓެކެވެ. އަދި މި ރިޕޯޓުގެ ސަބަބުން ރާއްޖޭގެރަށްރަށުގައި ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން