ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފުލެޓްތައް: ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓު ވަނީ އާންމުކޮށްފައި
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފުލެޓްތައް: ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓު ވަނީ އާންމުކޮށްފައި
ހިޔާ މަޝްރޫއުގެ ދަށުން މާލޭ މުނިސިޕަލިޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ހާއްސަ ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު އިއުލާންކޮށްފިއެވެ.

ފްލެޓް ކޮމެޓީން މިއަދު ބުނީ ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް މުރާޖައާ ކުރުމަށްފަހު މާލެ ދަފްރަތު ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު މިއަދު އާންމުކޮށްފައިވާ ކަމަށެވެ. މި ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު މިއަދު ގެޒެޓްވެސްކޮށްފައިވާ ކަމަށް ފުލެޓު ކޮމެޓީން ބުނެ އެވެ.

ވަގުތީ ލިސްޓް އާންމުކޮށްފައިވަނީ ދަފްތަރު ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރުމަށްފަހު އެ ކެޓެގަރީއަށް ޝަރުތު ހަމަވާ މީހުންނާއި ޝަރުތު ހަމަނުވާ މީހުން (ޝަރުތު ހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއިއެކު) ގެ ނަންތައްވެސް ހިމަނައިގެން ކަމަށް ފުލެޓް ކޮމެޓީން ބުނެ އެވެ. މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތުހަމަވާ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ނުވާ މީހުންވެސް އެ ކަމުގެ ސަބަބާއިއެކު ވަގުތީ ލިސްޓުގައި ވަނީ އާންމުކޮށްފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިޔަށްދާ "ހިޔާ" މަޝްރޫއުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓް އިއުލާނުކުރުމުން އެ ލިސްޓުތަކާއި ގުޅިގެން 3068 ޝަކުވާ އެއް ހުށައަޅާފައިވެއެވެ. ހުރިހާ ކެޓެގަރީތަކުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ދާއިމީ ލިސްޓުތައް އެކުލަވާލުމުގައި އެ ޝަކުވާތަކަށް ރިއާޔަތް ކުރާނެ ކަަމަށް ފުލެޓް ކޮމެޓީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން