ރައީސް ނަޝީދު އިންޑިޔާގެ ބޮޑުވަޒީރާ ބަައްދަލުކުރައްވަނީ
ރައީސް ނަޝީދު އިންޑިޔާގެ ބޮޑުވަޒީރާ ބަައްދަލުކުރައްވަނީ
އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރަށް މިއަދު ދިން 250 މިލިއަން ޑޮލަރުގެ ލޯނުއެހީ ދިވެހި ސަރުކާރުން ހޭދަކުރާނީ ވިސްނުންތެރިކަމާއެކުކަން ޔަޤީންވާ ކަމަށް ރައްޔިތުން މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި މިއަދު އިންޑިޔާއިން ބަޖެޓް އެހީގެ ގޮތުގައި ދިން އެހީއަށް އިންޑިއާއަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި މިފަދަ ދަތި ވަގުތެއްގައި އެއީ ކޮންމެހެންވެސް ބޭނުންތެރި މުހިއްމު އެހީތެރިކަމެއް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. މީގެއިތުރުން މި ފައިސާ އެންމެ ހެޔޮގޮތުގައި ސަރުކާރުން ހޭދަކުރާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.



އިންޑިޔާ މިއަދު ރާއްޖެ އަށް ދިން 250 މިލިއަން ޑޮލަރަކީ ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިން ފައިސާ އެވެ. މިއީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އަރިހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންނެވުމުން އެގައުމުން ހަމަޖައްސައިދިން މާލީ އިންތިޒާމެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. އިންޑިއާއިން ރާއްޖެ އަށް ދިން 250 މިލިޔަން ޑޮލަރުގެ ލޯނަކީ އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކަކަށް އެއްބަސްވެގެން ދިން ލޯނެކެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އެ ލޯނު ދިނީ ބޮންޑް ގަނެ، 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން