މުޅި ޤައުމު ނަޖިސްވެއްޖެ ކަމަށާއި، މަޑުމަޑުން ތިޖޫރީ ހުސްވެ ބަނޑަށް ޖެހިދާނެ ކަމުގެ ކަންބޮޑުވުން އޮތްކަމަށް ރާއްޖޭގެ މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ނަސީމް މިއަދު ވިދާޅުވީ، ކުޑަކުޑަ ދިވެހި ދައުލަތް ދަނީ ރޫޅެމުން ކަމަށެވެ. އެގޮތުން ވެރިން ޚިޔާނަތް ވަމުންދާއިރު ރައްޔިތުންދަނީ ވަޒީފާ އާއި ފްލެޓާއި މަސްދަޅުކޭހަށްޓަކައި އަތްޖަހަމުން ކަމަށް ނަސީމް ވިދާޅުވިއެވެ.
“ވިޔަފާރިވެރިން ލޫޓުވަނީ. ސިޔާސީ މީހުން ކެވެންއޮތްތާކުން ކަނީ. ރައްޔިތުން ވެސް ވަޒީފާޔާ ފުލެޓާ ހިލޭއެހީއާ މަސްދަޅުކޭހަށް އަތްޖަހަނީ. މަޑުމަޑުން ތިޖޫރީ ހުސްވެ ބަނޑަށްޖެހެނީ. ކާކަށް އިތުބާރުކުރެވޭނީ. މުޅި ގައުމުގައި ނަޖިސް ދީ؟” ނަސީމް ވިދާޅުވިއެވެ.
ނަސީމް މިހެން ވިދާޅުވެފައިވާއިރު ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހި ބާޒާރުގައި މުދަލުގެ އަގުތައް އުފުލެމުންދަނީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ ހަމަ އަގު 19 ރުފިޔާއިން މަތީގައި ހިފެހެއްޓިފައި ހުރުމުންނެވެ.
ދާދިފަހުން ވޯލްޑް ބޭންކުން ބުނެފައިވަނީ، ބޭރުގެ ދަރަނީގެ ހާލަތު އޮތްގޮތުންނާއި ދަޢުލަތުގެ ޚަރަދު އިންތިހާއަަށް އިތުރުވެފައިވާތީ ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ އިޤްތިޞާދަށް ގޮންޖެހުން ބޮޑުކަމަށެވެ.

ކުޑަކުޑަ ދައުލަތެއް ރޫޅިގެންދަނީ. ވެރިން ޚިޔާނަތްވަނީ. ވިޔަފާރިވެރިން ލޫޓުވަނީ. ސިޔާސީ މީހުން ކެވެންއޮތްތާކުން ކަނީ. ރައްޔިތުން ވެސް ވަޒީފާޔާ ފުލެޓާ ހިލޭއެހީއާ މަސްދަޅުކޭހަށް އަތްޖަހަނީ. މަޑުމަޑުން ތިޖޫރީ ހުސްވެ ބަނޑަށްޖެހެނީ. ކާކަށް އިތުބާރުކުރެވޭނީ. މުޅި ގައުމުގައި ނަޖިސް ދީ?
— NafaNaseem (@monasibnaseem) August 22, 2025
ނަސީމް މިހެން ވިދާޅުވެފައިވާއިރު ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހި ބާޒާރުގައި މުދަލުގެ އަގުތައް އުފުލެމުންދަނީ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ ހަމަ އަގު 19 ރުފިޔާއިން މަތީގައި ހިފެހެއްޓިފައި ހުރުމުންނެވެ.
ދާދިފަހުން ވޯލްޑް ބޭންކުން ބުނެފައިވަނީ، ބޭރުގެ ދަރަނީގެ ހާލަތު އޮތްގޮތުންނާއި ދަޢުލަތުގެ ޚަރަދު އިންތިހާއަަށް އިތުރުވެފައިވާތީ ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ އިޤްތިޞާދަށް ގޮންޖެހުން ބޮޑުކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު