ރައީސް ސޯލިހް އިންޑިޔާގެ ބޮޑުވަޒީރު މޯދީ އާއި ސަލާމްކުރައްވަނީ
ރައީސް ސޯލިހް އިންޑިޔާގެ ބޮޑުވަޒީރު މޯދީ އާއި ސަލާމްކުރައްވަނީ
ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވާ ކޮންމެ ވަގުތަކު ގާތް އެކުވެރިއެއްގެ ގޮތުގައި އިންޑިއާ އޮންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާ އިން ރާއްޖެއަށް ބަޖެޓް ސަޕޯޓުގެ ގޮތުގައިދޭ 250 މިލިއަން ޑޮލަރުގެ ލޯން އެހީ މިއަދު ވަނީ ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ. މިއީ ދިވެހި ސަރުކާރުން ދިހަ އަހަރުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް އެގައުމުން ރާއްޖެއަށް ދިން ލޯނެކެވެ. ރައީސް އިބްރާހީމް މިއަދު ކުރެއްވި ޓުވީޓެއްގައި އިންޑިއާ އިން ދިން އެހީތެރިކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.



މިއީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އަރިހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންނެވުމުން އެގައުމުން ހަމަޖައްސައިދިން މާލީ އިންތިޒާމެއް ކަމަށް ސަރުކާރުން ބުނެ އެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން މީގެ ކުރިން، މަރުކަޒީ ބޭންކް، އެމްއެމްއޭއިން އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކު އޮފް އިންޑިއާޔާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ވެސް ރާއްޖެއަށް ނަގައިފައިވާއިރު ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާ އިން ވަނީ އެކިގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން