ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އެޑްވައިޒަރަކަށް ކުރީގެ މިނިސްޓަރު ހަމްދޫން ހަމީދު އައްޔަން ކުރަށްވައިފިއެވެ.
ހަމްދޫން އެ މަގާމަށް އައްޔަން ކުރަށްވާފައިވަނީ މިނިސްޓަރު ފެންވަރުގައެވެ.
އިތުބާރުހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަމްދޫން އައްޔަން ކުރަށްވާފައިވަނީ މާލީ ވުޒާރާގެ ދަށުން ހިންގާ ނެޝަނަލް ޕްލޭނިންގެ މަސައްކަތްތަކުގެ އެޑްވައިޒަރަކަށެވެ. އޭނާ ލަފާ ދެއްވާނީ ދިވެހިރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރުމަށް ކުރާ މަސައްކަތްތަކަށެވެ.
ހަމްދޫން ހަމީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
ޙަމްދޫން ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރުކަމާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުގެ މަގާމު އަދާކުރަށްވާފައެވެ. އަދި ރައީސް ޔާމީން ވެރިކަމުގައި ހަމްދޫން ހަމީދު ހުންނެވީ ސިންގަޕޫރަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު