ޒަހީނުއްދީން ސަޢީދު   21 ސެޕްޓެމްބަރު 2020 - 3:55
ކޮވިޑް ސާމްޕަލް ނެގުމުގައި އޮފިޝަލުން ހަރަކާތްތެރިވަނީ
ކޮވިޑް ސާމްޕަލް ނެގުމުގައި އޮފިޝަލުން ހަރަކާތްތެރިވަނީ
ރާއްޖެއިން އިތުރު 75 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި 75 މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި، 53 ބިދޭސީން ކަމަށެވެ. 

މިއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 9724 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ކޮށް ތިބީ 1424 މީހުންނެވެ. 

އައިސޮލޭޝަން ފެސިލިޓީތަކުގައި 686 މީހުން ތިބި ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި 107 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. މިއަދު ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ 73 މީހަކު ރަނގަޅުވެފައިވާއިރު ބަލިން ރަނގަޅުވީ މީހުންގެ ޖުމުލަ އަދަދު ވަނީ 8261 ކަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން