ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު
ހިޔާ މަޝްރޫއުގެ ދަށުން މި ސަރުކާރުން ފްލެޓް ދިންއިރު ދިރިއުޅުމުގެ ހާލަަތަށް ދެމަފިރިންނަަށް ޕޮއިންޓްދީފައި ވަނީ ތަފާތުކޮށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

 ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ފެށި ހިޔާ މަޝްރޫއުގެ ދަފްތަރު ކެޓަގަރީގެ ދަށުން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެެއްގައި ޑރ. މުއިއްޒު ވިދާޅުވީ އެކުގައި އެއްތަނެއްގައި އުޅޭ ދެމަފިރިންނަށް އެކަކު އަނެކަކަށް ތަފާތުކޮށް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓްދީފައިވާ ކަމަށެވެ. އެގޮތުން މިއަދު ނެރުނު ލިސްޓުގައި އެކަން ވަރަށް ބޮޑަށް ދިމާވެފައިވާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ކަމަށް ވެސް ޑރ.މުއިއްޒު ވިދާޅުވި އެވެ. އަދި އެގޮތަށް އެކަން ދިމާވީ ކީއްވެގެންތޯ މުއިއްޒު ސުވާލު އުފެއްދެވިއެވެ.



ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓުތައް އާންމުކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެތަންތަނުގެ ދޮރާއި ތަށިމުށި އަދި ލައިޓް ހަރުނުކޮށް މީހުންނަށް ހަވާލުކުރަން ނިންމާފައިވާއިރު އެ ފްލެޓުތަކަށް މީހުންނަށް ވަދެވޭވަރުވާނީ އަންނަ އަހަރު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން