މާފުށީ ޖަލުގައި 2003 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ނޭގޭ ކަންކަމުގައު ދޮގުވާހަކަ ދައްކާވާތީ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު، އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ (ދީދީ) ހޫނު ރައްދެއް ދެއްވައިފި އެވެ.
މާފުށީ ޖަލުގައި 2003 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ސިފައިން ބަޑި ބަޑިޖެހި މައްސަލަޔަޔަށް އިޝާރާތްކުރައްވައި ނިހާދު ވިދާޅުވީ ބަޑި ޖެހުމަށް އަމަރު ކުރެއްވީ އޭރުގެ ކޮމާންޑާ އޮފް ޗީފް ކަމަށެވެ. ނަަމަވެސް މިމައްސަލާގައި އަދަބުލިބި ހުކުމް ތަންފީޒު ކުރަމުންދަނީ ބަޑި ޖެހި މީހުން އެކަނިކަށެވެ. މިއީ ނުގަނު ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މިކަމުގައި އިންސާފު މިއަދުވެސް ގާއިމް ވާނެޖެހޭކަމަށް ނިހާދު ވަނީ ވިދާޅު ވެފައެވެ.
"ޖަލުގައި ބަޑިޖެހީ ކޮމާންޑާއިން ޗީފްގެ އޯޑަރަށް. އެކަމަކު ބަޑި ޖެހި މީހުން އުމުރަށް ޖަލަށް. އޯޑަރުކުރި މީހާ އުފަލާއި އަރާމުގަ. މިއީކީވެސް އިންސަފުލިބެން ޖެހޭ މައްސަލައެއް" ނިހާދު ވިދާޅުވި އެވެ.
ނިހާދުގެ މިވާހަތަކާއި ގުޅިގެން ޖަލުގައި ހަމަނުޖެހުން ހިނގި ދުވަހު އެންއެސްއެސްގެ ޑިއުޓީ އޮފިސާ އަކަށްވެސް ހުންނެވި ބްރިގޭޑިޔާ ޖެނެރަލް އިބްރާހިމް ދީދީ ވިދާޅުވީ ރައްޔިތުން އިންތިޚާބްކޮށްފައިވަ މެމްބަރަކަށްވެ ހުންނަވައިގެން ނޭގޭ ކަންކަމުގައި ކަނޑައެޅިގެން ބުހުތާނު ދޮގު ހެއްދެވުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ. ދީދީ ވަނީ މިމައްސަލާގައި އޭނާ ރައީސް ނަޝީދުގެ ވާހަކަތާއި ގުޅިގެންވެސް ދެންނެވި ވާހަކަ ތަކުރާރު ކުރައްވާފައެވެ.
ދީދީ ވިދާޅުވީ މިމައްސަލައަކީ ކަންކަން ހިނގައިދިޔަގޮތް ކަމާއި ބެހޭ ފަރާތްތަކުން ތަހުގީގްކޮށް އަޅަންޖެހޭ ފިޔަވަޅު އަޅައި ނިމިފައިވާ މައްސަލައެއްކަމަށެވެ. އެދުވަހުގެ އެހާދިސާ ހިނގުމާއި ގުޅިގެން ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެއްވެސް ހާލަތެއްގައި ބަޑި ޖެހުމަށް ރައީސް މައުމޫން އަންގަވާފައިނުވާކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ.
""ބުހުތާން ދޮގު ތިޔައީ، ނޭގޭ ކަންކަމުގައި މެމްބަރަކަށް ހުންނަވައި ތިކަހަލަ އިލްޒާމް އަޅުވަން ނުވާނެ. އެދުވަހު އޭރު އެންއެސްއެސްގެ ޑިއުޓީ އޮފިސާ އަކަށް، ދިމާވި ގޮތުން ހުރީ އަޅުގަނޑު. ރައީސް މައުމޫން އެއްވެސް އަމުރުފުޅެއް ނުކުރައްވާ. ވިދާޅުވީ ހަމަނުޖެހުން ހިންގި މީހުންނާއި ދެކޮޅަށް ލީތަލް ހަތިޔާރު ބޭނުން ކުރަން." އިބްރާހިމް ދީދީ ވިދާޅުވި އެވެ.
ސިފައިންގެ އަނިޔާތަކުގައި އީވާން މަރުވެގެންދިޔަ ހާދިސާއާ ގުޅިގެން 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 20، ވަނަ ދުވަހު މާފުށީ ޖަލުގައި ކުށްވެރިންނާއި ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ސިފައިން ބަޑި ޖެހުމާ ގުޅިގެން ތިން މީހަކު މަރުވި އެވެ. އެއީ މ. ބިންއުނިމާގޭ އަބްދުﷲ އަމީނާއި ގއ. ވިލިނގިލީ ޖަނަވަރީމާގޭ އަހްމަދު ޝިޔާޒާއި ޅ. ނައިފަރު ސިނަމާގޭ އަލީ އަސްލަމެވެ. އަދި މި ހަމަލާތުގައި 16 މީހުންނަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ.
އިބްރާހީމް ދީދީގެ މި ވާހަކަ ތަކާއި ގުޅިގެން ރައީސް މައުމޫން ވަނީ ކަމުގެ ހަގީގަތް ހާމަކޮށްދެއްވިީތީ އިބްރާހީމް ދީދީއަށް ޝުކުރު އަދާކުރައްވައި ޓްވީޓެއް ވެސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު