މަރްޔަމް ނަހްދާ ވަޙީދު   29 އޯގަސްޓު 2025 - 9:0
ރަޝިޔާގެ ރައީސް ވްލަދިމީރް ޕުޓިން
ރަޝިޔާގެ ރައީސް ވްލަދިމީރް ޕުޓިން
ރަޝިޔާގައި ވޭޕް މަނާ ކުރުމަށް ސަރަހައްދީ ސަރުކާރުތަކުން ކުރަމުން އަންނަ މަސައްކަތަށް ތާއީދު ކުރައްވާކަމަށް ރަޝިޔާގެ ރައީސް ވްލަދިމީރް ޕުޓިން ވިދާޅުވެއްޖެއެވެ.

މި ހުށަހެޅުން ހުށަހަޅުއްވާފައިވަނީ ސާރޮވްގައި ޕުޓިންއާއެކު ބޭއްވުނު ބައްދަލުވުމެއްގައި ނިޒްނީ ނޮވްގޮރޮދްގެ ގަވަރނަރު ގްލެބް ނިކިޓިންއެވެ.

ރަޝިޔާގެ ކުޑަކުދިންގެ މެދުގައި ވޭޕް ބޭނުން ކުރުން ކަންބޮޑުވާ މިންވަރެއްގައި ފެތުރެމުންދާކަން ފާހަގަކުރައްވައި ނިކިޓިން ވަނީ ވޭޕް މުޅިން މަނާކުރުމުގެ ބާރު ސަރަޙައްދީ ސަރުކާރުތަކަށް ދިނުމަށް ހުށަހަޅުއްވާފައެވެ.

އަދި ވޭޕް މަނާ ކުރާ ފުރަތަމަ ސަރަހައްދަކަށް ނިޒްނީ ނޮވްގޮރޮދް ހެއްދެވުމަށްވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

ޕުޓިން ވަނީ މި ހުށަހެޅުންތަކަށް މަރުހަބާ ކިޔައި އެއްބަސްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު