އެޑެކްސެލް އޭ ލެވެލް އިމްތިހާން ހަދާ ދަރިވަރުން، އެ ދަރިވަރަކު އިމްތިހާން ހެދުމަށް ހަމަޖެހިފައިވާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށެއްގައި ހުރިނަމަ އަންނަ އާދީއްތަ ދުވަހުގެ ކުރިން އިމްތިހާން ހެދުމަށް ހަމަޖެހިފައިވާ ސެންޓަރު ހުރި ރަށަކަށް ދިއުމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން އެދިއްޖެއެވެ.

ޑީޕީއޭއިން ވަނީ އިންޓަރނޭޝަނަލް އެޑްވާންސް ލެވެލް (އައިއޭއެލް)، އެޑެކްސެލް އޭ ލެވެލް އިމްތިހާން ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށެއްގައި އެއްވެސް ދަރިވަރަކު ހުރިނަމަ މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން އިމްތިހާންހަދާ ސެންޓަރުހުރި ރަށަށް ދިއުމަށް އެދިފައެވެ. މި އިމްތިހާން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގައެވެ.

މިއަހަރު ޖޫން މަހު ބޭއްވުމަށް ހަމަޖެއްސި އޭލެވެލް އިމްތިހާން ފަސްކޮށްފައިވަނީ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސްކޫލަށް ހާޒިރުވެ ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވުމާއި ގުޅިގެން ދަރިވަރުންނަށް އިމްތިހާނަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން