ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ދައުވާތައް ކުރިމިނަލް ކޯޓުން ބާޠިލުކުރި މައްސަލަގެ ޙުކުމް އިއްވުމަށް ބާއްވާ ޝަރީޢަތް މިއަދު ބާއްވާގޮތަށް ހައިކޯޓުން ނިންމަވައިފިއެވެ.

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދަައުލަތުން އުފުލި ދަޢުވާތައް ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގައި ޕީޖީ އޮފީހުން ހައިކޯޓަށް ހުށައެޅި އިސްތުއުނާފު މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިމަހުގެ 15ވަނަ ދުވަހު ނިންމާލާފައިވާއިރު އެދުވަހުގެ އަޑުއެހުމުގައި އަދީބުވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ދަޢުލަތަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްއާ ފުލުހުންގެ ފަރާތުން އެއްވެސް މަޖުބޫރުކުރުކަމެއް ކުރިމަތިނުވާކަމަށާއި، އޭނާގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ އަލުން އެކޯޓުން ބަލަންޖެހޭ ކަމަށް ޤަބޫލުކުރަށްވާ ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލަތަކުގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ހައި ކޯޓުން ނިންމާލައިފައިވާއިރު އެ މައްސަލަ ނިންމަން ތާވަލް ކޮށްފައިވަނީ މިއަދު މެންދުރު 2 ޖަހާއި އިރަށެވެ.

އަދީބާ ދެކޮޅަށް ދައުލަތުން އިސްތިއުނާފްކުރި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަދީބު ވަނީ އެ މައްސަލަތައް އަލުން ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށް ވިދާޅުވެ، އެމްއެމްޕީއާރުސީގެ ޚިޔާނާތަށް އިންސާފު ހޯދަން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އެ އަޑު އެހުމުގައި އަދީބު ވިދާޅުވީ މި ސަރުކާރުން އެމްއެމްޕީއާރްސީ މައްސަލަ ބެލުމުގެ ހެޔޮ ނިޔަތް އެބަ އޮތް ކަމަށާއި ކޮރަޕްޝަނުން ވަރަށް ގިނަ ބަޔަކަށް މަންފާ ލިބިފައިވާތީ އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ދައުލަތަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި 7 ދައުވާއެއް ކުރިމިނަލް ކޯޓުން ބާތިލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ. ދައުލަތުން އަޙްމަދު އަދީބާދެކޮޅަށް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އެ މައްސަލަތަކުގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން 23 ޖުލައިގައި ވަނީ އަމުރުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން