ފަލަސްތީނުގެ ޒުވާން ގައުމީ ޓީމުގެ ތަމްރީނު ކޭމްޕް ރާއްޖޭގައި ބާއްވައިދޭން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދިފައިވާތީ އެ ކޭމްޕު ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމުން ނިންމައިފިއެވެ.
މިއަދު ބޭއްވި އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމުގައި އެފްއޭއެމުން ބުނީ ފަލަސްތީނުގެ އެސޯސިއޭޝަނުން އެގޮތަށް އެދިފައިވާތީ މި ކޭމްޕަށް، ފަލަސްތީނުގެ ޓީމު ރާއްޖޭގައި ތިބުމުގެ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދުމަށް ނިންމާފައިވާ ކަމަށެވެ.
ތަމްރީނު ކޭމްޕަޑް ފަލަސްތީނުގެ ޓީމު ރާއްޖެ އަންނަނީ ނޮވެމްބަރު 8 ން 19 އަށެވެ. އެ މުއްދަތުގައި ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމުން، އެ ގައުމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
މިއަދުގެ އެކްސޯ ބައްދަލުވުމުގައި ވަނީ ފަލަސްތީނުގެ ޓީމާ ދެކޮޅަށް ރާއްޖޭން ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ސްޕޮންސަރުންގެ އެހީ އަށް އެދުމަށްވެސް ނިންމާފައެވެ.
ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ޓީމުތަކަށް އެ ގައުމުގެ ފަސްގަނޑުގައި މުބާރާތް ކުޅެ ތަމްރީނު ހެދުމުގެ ފުރުސަތު ނުލިބޭތީ، އެގައުމުގެ ޓީމުން ތަމްރީނު ހަދަނީ އެހެން ގައުމުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު