ރައީސް މައުމޫންގެ ވެރިކަން ނިމުނުތާ 12 އަހަރު ފާއިތުވެ މާލެ ތަރައްޤީ ކުރުމަށް އެކި ސަރުކާރުތަކަށް ފުރުސަތު ލިބުނު ނަމަވެސް މިއަދުވެސް މާލޭ މަގުމަތީގައި ދުއްވަން މިޖެހެނީ ރައީސް މައުމޫން އެޅުއްވި ގާތަކުގެ މަތީގައިކަމަށް މަޝްހޫރު ވިޔަފާރި ވެރިޔާ އަހުމަދު އާރިފް (އެޕޯލޯ އާއްޓެ) ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތަކުގެ ހާލަތާއި ކުރީ ސަރުކާރުންނާއި މިސަރުކާރުން މާލޭގެ މަގުތަކަށް ގެނެސްފައިވާ ބަދަލުތަކަށް އިޝާރާތްކުރަށްވާ ބައެއް މީހުން ސޯޝަލް މީޑިޔާގައި ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން އާއްޓެ ވިދާޅުވީ މާލޭ މަގުތަކުގެ ހާލަތުގެ ވާހަކަ އެއްވެސް ބަޔަކަށް ދެއްކެން ނެތްކަމަށެވެ. މަގުތައް ތަރައްޤީ ކުރުމަށް ނިމިދިޔަ 12 އަހަރުގެ ތެރޭގައި އެކި ސަރުކާރުތަކަށް ފުރުސަތު ލިބުނަސް އެކަން ކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުވެސް މަގުތަކުގައި ފިނިބުރު ޖަހާލަން ނުކުމެ މަގުތަކުގައި ދުއްވާލަން ބަލާއިރު އަޅާފައިވާ ގާތަކަށް ގިނަ ދުވަސްތަކެއް ވެފައިވާތީ ދަތިތަކެއް ކުރިމަތިވިޔަސް އަދިވެސް ދުއްވާލަން ފިނިބުރު ޖަހަން މިޖެހެނީ އެ ގާތަކުގެ މަތީގައިކަމަށް އާއްޓޭ ވިދާޅުވިއެ އެވެ.

"ރައީސް މައުމޫންގެ ވެރިކަން ނިމި 12 އަހަރު ވެއްޖެ. ސައިކަލު ބުރެއް ޖަހާލަން ނިކުމެ ޝުކުރު ވެރި ކަމާއިއެކު ދުއްވާލަން މިޖެހެނީ 12 އަހަރު ކުރިން މަގު މަތީ އެޅި ގާތަކުގެ މަތީގަ." އާރިފް ވިދާޅުވި އެވެ.

ރައީސް މައުމޫގެ ވެރިކަމުގައި މުޅި މާލޭގައި ގާ އަޅައި މާލޭގެ މަގުތައް ވަނީ އޭރުގައި ގެނެވެން އޮތް ތަރައްޤީ ގެނެސްދެއްވާފައެވެ. އޭގެ ފަހުން މާލޭގެ މަގުތަކަށް ބަދަލު ގެނެސްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ރައީސް ޔާމީން ވަނީ މާލޭގެ ބޮޑު ތަކުރުފާނު މަގުގައި ތާރު އަޅައި، ބައެއް މަގުތައް ތަރައްޤީކުރުމުގެ ޕްލޭނެއްވެސް އެކުލަލާ އަމަލީ މަސައްކަތް ވެސް ފަށްޓަވާފައެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމުގެ ވިސްނުމަކީ މިސަރުކާރުގެ ވެސް އަދި މާލެ ސިޓީ ކައުންސިލްގެވެސް ވިސްނުމެކެވެ. ނަމަވެސް މިހާތަނަށް މަގުތަކަށް މާބޮޑު ބަދަލުތަކެއް ގެނެވި މަގުތަކަށް ޒަމާނީ ކުރިއެރުމެއް ގެނެވިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

އިބްރާހިމް ތަކަންދޫ

24-Sep-2020

ތަރައްގީ ކުރެވޭނީ އެވިސްނުމުގައި ވެރިކަމައް އައި ބަޔކައް .މިސަރކާރު ގެ ވިސްނުން ހުރީ ގައުމުގެ އެކި ހިސާބުން އިންދިއާ ސިފައިން ބޭސް ހެދުމައް ބިންދީފައި ލާރި ނަގައިގެން އަ.ިއްލަ ޖީބުފުރާލަން ކޮޗިން ފެރީގެ ނަމުގައި ކާރގޯ އުފުލަން އިންސިއާ ދީފައި އިންދިއާގެ އުނގު ވިޔަފާރި ވެރިން ގެނެސް އުތުރު ގއ ރައްތަކުގައި ވަޒަންވެރި ކުރުވުަން


5

ީއިއްބެ

22-Sep-2020

ބަލަ މިހަރަ އާރިފޫ ނާސިރު ވެރިކަން ދޫކުރިތާ 42 އަހަރުވީ އިރުވެސް އޭނާގެ ވެރި ކަމުގައި ލިބުނު މިނިވަން ކަންމަތީ އުޅެވެންޏާ މައުމޫނު އިރު ފެތުރި ގައުތަކު މަތީ ނުދުއްވެންވީ ކީއްވެ އަދި ވަގުތު ނުޖެހެނީ ބަލަ އެއްފަސް ކުރުމުގެ ޚިޔާލު ދޫކޮށް ހަތް ވަރަކަށް ސަރަހައްދު މާލެ ފެންވަރަށް ތަރައްޤީ ކުރުމަށް މައުމޫނު އުޅުނުނަމަ މިއަދު ތިޔަމަގުތަކަށް ބާރު ބޮޑުވެ ހަލާކުވުން ތަންފުކެއް ލަސްވީސްކަން ކަށަވަރު



ޓްރެންޑިން