މާމަ ކާފައިންނަށް ލޯބިވެތިކަމާއި ޤަދަރުދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އިޖުތިމާޢީ ވާޖިބެއްކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މިހެން ބުނެފައި މިވަނީ މިއަދު ފާހަގަކުރަމުންދާ މާމަ ކާފަ ދުވަހާއި ގުޅިގެންނެވެ.
މިއަހަރުގެ މިދުވަހުގެ ޝިޢާރަކީ، "މާމަ ކާފަ: އުފާވެރި މުޖްތަމަޢެއްގެ ބިންގާ" ކަން ފާހަގަކުރަމުން މިނިސްޓްރީން ބުނީ މި ޝިޢާރުގެ ދަށުން އަލިއަޅުއްވާލާނީ މި މުޖްތަމަޢާއި ޢާއިލާތަކަށް މާމަ ކާފައިން ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކާއި އެބޭފުޅުންގެ މުހިންމު ދައުރުގެ މައްޗަށް ކަމަށެވެ.
މިނިސްޓްރީން ބުނީ މާމަ ކާފައިންނަކީ ޢާއިލާއެއްގެ އެންމެ އަސާސީ އެއްބައިކަމަށެވެ.
އަދި އެބޭފުޅުންނަކީ ޖީލުތައް ގުޅުވައިދޭ ރޫޙެއް ކަމަށާއި، އެބޭފުޅުންގެ ތަޖުރިބާގެ ބަސްތަކުން ދަރިންނާއި ކާފަ ދަރިންނަށް އިރުޝާދުދެއްވާ، ދިރިއުޅުމުގެ ރީތި އާދަތަކާއި، އިސްލާމީ އަދި ދިވެހި ސަޤާފީ ރިވެތި އާދަކާދަތައް ދަސްކޮށްދެއްވުމުގައި އުމުރު ހޭދަކުރައްވާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޢާއިލާގެ ތެރޭގައި ލޯބިވެތިކަމާއި އޯގާތެރިކަން އަދި އެއްބައިވަންތަކަން އާލާކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާ، މާމަ ކާފައިން ގިނަގުނަ ޤުރުބާނީތަކެއް ވެފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން، އެބޭފުޅުންނަށް ލޯބިވެތިކަމާއި ޤަދަރުދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އިޖްތިމާޢީ ވާޖިބެއްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ހަމަ އެހެންމެ، އެބޭފުޅުންނަށް އަޅާލައި، އެބޭފުޅުންގެ ބޭނުންތައް ފުއްދައިދިނުމަކީ އުފަލެއްކަމުގައި ދެކެންޖެހޭކަމަށާއި، އެބޭފުޅުންގެ ޙިކުމަތާއި ތަޖުރިބާގެ ބޭނުން ހިފުމަކީ އަޅުގަނޑުމެންގެ ކުރިމަގު ބައްޓަންކުރުމަށް ލިބޭނެ އަގުހުރި އެހީތެރިކަމެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އާބާދީގައި ދޮށީ ޢުމުރުގެ މީހުން ގިނަވަމުންދާ ދިޔުމާއި ގުޅިގެން އެ ބޭފުޅުންގެ ޞިއްޙީ ހާލަތަށް ރިޢާޔަތްކުރާއިރު، އެބޭފުޅުންގެ ހައްޤުތައް ރައްކާތެރިކޮށްދީ، އެބޭފުޅުންގެ ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޢާއިލާއާއެކު އުޅުން މުހިންމުކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ހަމަ އެހެންމެ، ގޭތެރޭގެ މާޙައުލުގައިި ޢާއިލީ ވެއްޓެއްގެ ތެރެއިން ޢާއިލީ ގުޅުންތައް ހަރުދަނާ މާހައުލެއްގައި އުޅުމުގެ ފުރުޞަތު ފަހިވެފައި އޮތުމަކީ މުހިންމު ކަމެއްކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު