ހދ. ނެއްލައިދޫ ސްކޫލު
ހދ. ނެއްލައިދޫ ސްކޫލު
ހދ. ނެއްލައިދޫ ސްކޫލުގެ އަންހެން މުވައްޒަފަކަށް އެސްކޫލްގެ ފިރިހެން މުވައްޒަފެއްގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރާ ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އެދި އޭނާ އެ ސްކޫލަށް ހުށައަޅައިފިއެވެ.

ނެއްލައިދޫ ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރަކު އެތަނުގެ ޕްރިންސިޕަލް އިބްރާހިމް ނަސީމަށް މިމައްސަލަ ހުށައެޅުމުގެ ގޮތުން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ސްކޫލްގެ މުވައްޒިފެއްގެ ފަރާތުން އޮފީސް މާހައުލުން ދިމާވެގެން ނުވާނެ ކަންކަން ކުރިމަތިވަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އޮފީސް ގަޑީގެ ބޭރުން ރޭގަނޑު ފޯނަށް ގުޅުމާއި އޮފީސް މާހައުލުގައި ޖިންސީ ފުރައްސާރަ އަށް މަގުފަހިވާ ޒާތުގެ ވާހަކަ ދައްކަމުން އަންނަ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

ސިޓީގައި ޖިންސީ ފުރައްސާރަ ކުރިމަތިވަނީ ކާކުގެ ކިބައިން ކަންވެސް ތަފްސީލްކޮށްފައި ބުނެފައިވެއެވެ. މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާގެ ސިޓީގައިވެއެވެ.

މިކަމުގެ ސަބަބުން މަސައްކަތުގެ މާހައުލުގައާއި މަސައްކަތުގެ މާހައުލުން ބޭރުގައި ވެސް ހިތުގައި ބިރުވެރިކަން އުފެދި އަންހެން މުވައްޒަފުންނަށް އޮންނަން ޖެހޭ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ވެސް ސިޓީގައި ވަނީ ބުނެފައެވެ.

ސިވިލް ސާވިސް ގަވައިދުގައި ބުނެފައިވަނީ ޖިންސީ ފުރައްސާރަ ކުރާ ކަމަށް ތުހުމަތު ކުރެވޭ ނަމަ، އެކަން ތަހުގީގުކޮށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅޭނެ ކަމަށާއި އެހެން ކަމުން މި މައްސަލަ ބަަލައި ތަހުގީގުކޮށް ދިނުމަށް ސްކޫލްގެ ޕްރިންސިޕަލްގެ ކިބައިން ސިޓީގައި ވަނީ އެދިފައެވެ. ތަހުގީގަށް ބޭނުންވާ ހެކީގެ ގޮތުގައި އޯޑިއޯ ކޯލް ރިކޯޑިން އާއި އެހެނިހެން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން ގެ ވެސް އަދި ފުލުހުންގެ ބަހެއް ލިބޭގޮތެއް އަދި ނުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން