މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު ހޯމް މިނިސްޓްރީން އިތުރުކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ މުއްދަތު އިތުރުކޮށްފައި ވަނީ އެ މަޤާމުތަކަށް ނަން ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ ކަމަށެވެ. އެގޮތުން މިހާރު ވަނީ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްފައެވެ. އަދި މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކައުންސިލްގައި ތިއްބަވާ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 11 ވަނަދުވަހަށް ހަމަވާތީކަމަށެވެ. ދައުރު ހަމަވަނީ މީޑިއާތައް ތަމްސީލު ކުރާ 7 މެމްބަރަކާއި އާއްމުންގެ ތެރެއިން ކައުންސިލަށް އިންތިހާބުވި 6 މެމްބަރެކެވެ. އާއްމުންގެ ތެރެއިން ހޮވާ މެމްބަރުކަމަށް ކުރިމަތިލެވޭނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކަށެވެ.

ހޯމް މިނިސްޓްރީން ބުނީ ކައުންސިލް މެމްބަރުކަމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 28 ވަނަ ދުވަސްކަމަށެވެ. އަދި މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ނަމަވެސް އިންތިޚާބު އޮންނާނެ ދުވަހެއް ހޯމް މިނިސްޓްރީއަކުން އަދި ހާމައެއް ނުކުރެއެވެ.

މީޑިއާތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އޮތުމުން ދެ މުއައްސަސާގެ މަސައްކަތް ފުށުއަރާތީއާއި ޚަރަދު ކުޑަކުރުމުގެ ގޮތުން އެ ދެ މުއްސަސާ އެއްކޮށްލަން ޤާނުނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން