ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު
ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު
އާފަލުގެ އަގުބޮޑުވެ ޤައުމު މިދަނީ ފާލުން ނެއްޓެން ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޒައިދު ޙިއްސާ ކުރެއްވި މެސެޖެއްގައި ހިމަނާފައިވާ ފޮޓޯއެއްގައި ވާގޮތުން ބާޒާރުގައި މިހާރު އާފަލެއްގެ އަގު ހުރީ 14 ރުފިޔާއަށެވެ. އެކަމާ ގުޅިގެން ޒައިދު ވަނީ ޤައުމު މިދަނީ ފާލުން ނެއްޓެން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އިޤްތިޞާދީ މިދަތިކަމުން އަރައިގަނެވޭނެ ގޮތާމެދު ޒައިދު ވަނީ ސުވާލު އުފައްދަވާފައެވެ.

“ހުރިހާތަކެއްޗެއްގެ އަގުތައްވެސް ހުރީ އަތް ނުފޯރާ ހިސާބުގައި. ސުބުޙާނަالله.” ޒައިދު ވިދާޅުވިއެވެ.



ޒައިދު މިހެން ވިދާޅުވެފައިވާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެންމެ ފަހުން ނެރެފައިވާ އިކޮނޮމިކް އަޕްޑޭޓްގައި ބުނެފައިވަނީ ރާއްޖޭގެ އިންފްލޭޝަން ހުރީ 4 އިންސައްތައިގައި ކަމަށެވެ. ހަމައެއާއެކު، ހުސްވި އޮގަސްޓް މަހު އެންމެ ބޮޑަށް އަގުތައް މައްޗަށް ގޮސްފައިވަނީ މޭވާގެ ބާވަތްތަކުން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ހަމަކޮށްފައެވެ.

އޭގެއިތުރުން ޑޮލަރުގެ އަގުވެސް މިހާރު ހުރީ 20 ރުފިޔާއަށްވުރެ މަތީގައެވެ.



ކިޔުންތެރިންގެ ހިޔާލު