އާފަލެއްގެ އަގު 14 ރުފިޔާއަށް އެރުމުން އެންމެ ރަނގަޅުވާނީ އިސްތިއުފާ ދެއްވުން ކަމަށް ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި މަލީޙް ވިދާޅުވީ، ރައްޔިތުން ޤަބޫލުކުރާ ގޮތުގައި މިއަށްވުރެ ދޯހަޅި ސަރުކާރެއް މިހާތަނަށް ދިވެހިން ދެކެފައިނުވާ ކަމަށެވެ.
އޭގެއިތުރުން އާފަލެއްގެ އަގުވެސް މިހާރުހުރީ 14 ރުފިޔާގައި ކަމަށާއި، އެހެންކަމުން އެންމެ ރަނގަޅުގޮތަކީ ސަރުކާރު އިސްތިއުފާ ދެއްވުން ކަމަށްވެސް މަލީޙް ވިދާޅުވެފައިވެއެވެ.
“ނުވިއެންނު. ދެން ފައިބާ.” މަލީޙް ވިދާޅުވެފައިވެއެވެ.
މަލީޙް މިހެން ވިދާޅުވެފައިވާއިރު، ސްޓެޓިސްޓިކްސް ބިއުރޯއިން އެކުލަވާލާފައިވާ އެސެންޝަލް ކޮމޯޑިޓީސް ޕްރައިޒް އިންޑެކްސް ދައްކާ ގޮތުގައި، މިދިޔަ މަހު ޒަރޫރީ ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ.
އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެންމެ ފަހުން ނެރެފައިވާ އިކޮނޮމިކް އަޕްޑޭޓްގައި ބުނެފައިވަނީ ރާއްޖޭގެ އިންފްލޭޝަން ހުރީ 4 އިންސައްތައިގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު