ކޮވިޑުން އިތުރުވީ 19 ބިލިއަންގެ ދަރަނި ކަމަށާއި، ނަމަވެސް ރައްޔިތުންނާއި ވިޔަފާރިތައް ސަލާމަތްކުރެއްވި ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި އަމީރު ވިދާޅުވީ، މި ދިޔަ ސަރުކާރުގައި ކުރިމަތިލާން ޖެހުނު ދަތިތަކާއެކުވެސް، މާލީ އަދި އިޤްތިސާދީ ސިޔާސަތު ގެންގޮސްފައިވާނީ ޖުމްލަކޮށް ރަނގަޅަށް ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު، ކޮވިޑްގެ ދަތިތަކާއެކު 33 އިންސައްތަ ދަށަށް ދިޔަ އިޤްތިސާދު، 2021 ވަނައަހަރު 38 އިންސައްތަ ކުރިއަރައި 2022 ވަނައަހަރު ކުރީކޮޅު އޮތީ ކޮވިޑް އައިއިރު އޮތް އިޤްތިސާދަށް ވުރެ ބޮޑު އިޤްތިސާދަކަށް ބަދަލުކޮށްފައި ކަމަށް އަމީރު ވިދާޅުވިއެވެ.
“ކޮވިޑްގެ ވަބާއިން އަރައިގަނެ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތައް ސަލާމަތްވީ އޭރު އެޅުނު މާލީ، އިޤްތިސާދީ އަދި އިޖްތިމާއީ ފިޔަވަޅުތަކުގެ ސަބަބުން. އޭގެ ފަހުން އައި ޔުކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން ދިމާވި ދަތިތައް ވެސް ވާނި ރައްޔިތުންނާއި ވިޔަފާރިތަކަށް އަސަރު ނުކުރާނެ ގޮތަށް މެނޭޖްކުރެވިފަ.” އަމީރު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު އަމީރު ވިދާޅުވީ، ކޮވިޑްގެ ދުވަސްވަރު ދަށަށް ދިޔަ އިޤްތިސާދާއެކު، އާމްދަނީ ދަށަށް ދިޔުމުން ދަރަނި ނަގަން ޖެހުނު ކަމަށެވެ.
“ތިޔަ ފާހަގަ ކުރާ 56 ބިލިއަންގެ ތެރެއިން 19 ބިލިއަން އަކީ ކޮވިޑާއެކު އިތުރުވި ދަރަނި. ބާކީ 37 ބިލިއަން. އެވަރު ތި ބޭފުޅުންގެ ސަރުކާރުގެ 2 އަހަރު ނުވަނީސް މިހާރު އިތުރު ވެއްޖެ. ކުރި ކަމެއް، ހިންގި ޕްރޮޖެކްޓެއް ފެންނަ މީހެއް މި ޤައުމަކު ނެތް. އަޅުގަނޑުމެންނާއި ކުރިމަތިލާން ޖެހުނު ދަތިތަކުން، އަޅުގަނޑުމެން އަރައިގަތީ ރައްޔިތުންނާއި ވިޔަފާރިތައް ސަލާމަތްކޮށްގެން. އެއާއެކު ދެން ގެންނަންޖެހޭނެ ރިފޯމްތައް ދަނެގެން، ތައްޔާރުވެތިބެ.” އަމީރު ވިދާޅުވިއެވެ.
އޭގެއިތުރުން އަމީރު ވިދާޅުވީ، މިސަރުކާރުން ކޮންމެ ކަމަކަމުންވެސް ރެކުމަށް ކުރީ ސަރުކާރު ކިޔަމުން ދިޔަ ނަމަވެސް ރައްޔިތުން އެކަން ޤަބޫލު ނުކުރާނެ ކަމަށެވެ. އަދި ދެ ސަރުކާރުގެ ފަރަޤު ރައްޔިތުންނަށް ފެންނަމުންދާކަން އަމީރުވަނީ ފާހަގަ ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު