ސޮފްވާން ރަޝީދު ކައިވެނި ހަފުލާގައި އޭނާގެ އަންހެނުންނާއެކު ކައިވެނި ކުރީ މިމަހުގެ ހަވަނަ ދުވަހު
ސޮފްވާން ރަޝީދު ކައިވެނި ހަފުލާގައި އޭނާގެ އަންހެނުންނާއެކު ކައިވެނި ކުރީ މިމަހުގެ ހަވަނަ ދުވަހު
ސްނޯކްލިން އަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ އޭނާގެ ހަށިގަނޑު މިއަދު ވަނީ ފެނިފައެވެ. އެމްއެންޑީއެފުން ބުނީ މާލެ ސިޓީ ވެސްޓް ޕާކް ސަރަހައްދަށް މިއަދު 11:00 ހާއިރު ސްނޯކްލިންއަށް އެކަނި ދިޔަ ޒުވާނަކު ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މޫދު އަޑީގައި އޮއްވާ ކޯސްޓްގާޑްގެ ޑައިވަރުން ނަގާފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށާއި، މަރުވެފައިވަނީ މ. ބޮއިލިންފިޝް، އުމުރުން 24 އަހަރުގެ ސޮފްވާން ރަޝީދު ކަމަށް އެމްއެންޑީފުން ވަނީ ބުނެފައެވެ.

މިއަދު ޝައްފާން ގެއްލިގެން އުޅޭކަން އެމްއެންޑީއެފްއަށް އެނގިފައި މި ވަނީ އޭނާ ސްނޯކްލިންގްއަށް ދިޔަތާ ފަސް ވަރަކަށް ގަޑިއިރު ފަހުންނެވެ. މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި މަސައްކަތް ކުރަމުންދިޔަ ޝައްފާން ގެއްލިގެން އެމްއެންޑިއެފަށް ރިޕޯޓްކުރިތާ ގަޑިއެއްހާ އިރުފަހުން އޭނާގެ ހަށިގަނޑު ކަނޑު އަޑިން ފެނިފައިވާކަަމަށް އެމްއެންޑީއެފުން ބުނެ އެވެ. އޭނާގެ ހަށިގަނޑު ފެނިފައި ވަނީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ އާއްމު ޑައިވަރުންނަށެވެ.

އެމްއެންޑީއެފުން ބުނީ އެ ޒުވާނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 4.36 ގައި ކަމަށެވެެ. ފޭސްބުކްގައި އާންމުކޮށްފައިވާ ފޮޓޯތަކުން ހާމަވާގޮތުގައި މިއަދު ނިޔާވި ޒުވާނާ ކައިވެނި ކޮށްފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ. އެހެންކަމުން މިއަދު އެ ޒުވާނާގެ ކައިވެއްޏަށް މިވީ އެންމެ 16 ދުވަހެވެ. ޝައްފާނުގެ ކުއްލި މަރާއެކު އޭނާގެ އަނބިމީހާ އާއި އާއިލާ އަށާއި ރަށްޓެހިންނަށް ވަނީ ކުއްލި ޝޮކެއް ލިބިފައެވެ. ޝައްފާނުގެ މަރާއި ގުޅިގެން ރައްޓެއްސަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަދިވެސް ޝައްފާނު މަރުވި ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. ޝައްފާނުގެ ހަނދާންތައް ތާ އަބަދަށް ދެމިހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ވަނީ އެންމެ ފަހުން ޝައްފާާނާއި ދެމެދު ދެކެވުނު ވާހަކަތަކުގެ ސްކްރީން ޝޮޓެއް އާންމުކޮށްފައެވެ.

"އެންމެ ފަހުން އަހަރެމެންގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގައި ލޯބިވާ މިންވަރު ހާމަކޮށްދިނިން، އަބަދުވެސް ތި ހަނދާންތައް މި ހިތުގައި ދެމި ހުންނާނެ، އިޚުލާސްތެރި ހެއު ދުއާތައް ވަނީ ޝައްފާނާ އެކު" އޭނާ ލިޔެފައިވެއެވެ.

މާތް ﷲ ޝައްފާނުގެ ފުރާނަ އަށް ހެއު ރަހުމަތް ލައްވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި އާމީން!


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން