އިންޑިޔާ ސަރުކާރުކާރާއި ދިވެހި ސަރުކާރާ ދެމެދު އޮތް "ނުބައި ވިސްނުމުގެ" ތެރެއިން 3 މަސް ދުވަހަށްފަހު ކާގޯ ފެރީ ފަސިންޖާ ފެރީއަކަށް ބަދަލުވެ މުޅި މަންޒަރު ބަދަލު ވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅު ވެއްޖެ އެވެ.
ރާއްޖެއާއި އިންޑިޔާއާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ޝިޔާމް ވިދާޅުވީ މިއީ ވަރަށް ނުބައި ރޭވުމެއްގެ ތެރެއިން ހިނގާ ކަމެއްކަމަށެވެ. ފުރަތަަމަ 3 މަސް ތެރޭގައި ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރުމަށްފަހު ފެރީން ދޭ ހިދުމަތް މުޅިން އެހެން ގޮތަކަށް ބަދަލު ވެގެން ދާނެކަމަށެވެ. މިއީ މިކަމުގެ ނުރައްކާވެސް އޮތްކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ނުބައި ވިސްނުނަކީ ބޮޑު ލިތަދުންމަތީ އުފެއްދުންތައް ފުރަތަމަ 3 މަސް ކޮންމެވެސް ވަރަކަށް އެކްސްޕޯޓް ކުރުން. އަދި އިންޑިޔާއިން ގެންނަ ކާގޯ ފުރަތަމަ 3 މަސް ބާޒާރުގެ ހޯލްސޭލްގެ އަގު %35 ދަށްކޮށް ވިޔަފާރި ވެރިންނަށް ފޯރުކޮށް ދިނުން. 3 މަހަށްފަހު ކާގޯ ފެރީ ބަދަލުވާނީ ފަސިންޖާ ފެރީއަކަށް." ޝިޔާމް ވިދާޅުވި އެވެ.
އިންޑިއާގެ ޝިޕިން ކޯޕަރޭޝަން، އެސްސީއައިއިން އޮޕަރޭޓްކުރާ ކާގޯ ބޯޓު، ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތަކާއެކު އަންނަ ހޮނިހިރު ދުވަހު ހދ. ކުޅުދުއްފުއްޓަށް ފޯރާނެ އެވެ. މާލެ އަށް އެ ބޯޓު އަންނަނީ އަންނަ ހަފުތާގެ ހޯމަ ދުވަހު އެވެ. ރާއްޖެއާއި ކޮޗިންއާ ދެމެދު ކާގޯ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެކަމަށް އިންޑިއާގެ ކެބިނެޓުން ވެސް ވަނީ ރުހުން ދީފަ އެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ފޮނުވުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި އިންޑިއާ މެދުވެރިކޮށް ޔޫރަޕަށް އެކްސްޕޯޓްކުރުމުގެ ފުރުސަތުވެސް ލިބޭނެކަމަށް ބުނެއެވެ. އަދި ހެޔޮއަގުގައި މުދާ އެތެރެކުރުމާއި، އައު ވިޔަފާރިތައް އުފެދި މުޅި އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު