ސިއްޙީ ދާއިރާގެ އެތަކެއްބައެއްގެ ވަޒީފާގެ އޮނިގަނޑު ނެތުމަކީ އެބޭފުޅުންގެ އެތަކެއް ހައްގުތަކެއް ގެއްލޭ ކަމެއްކަގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

މިފަހަކަށް އައިސް ސިއްޙީ ދާއިރާގެ ބޭފުޅުން ހިދުމަތް ދިނުމުގައާއި، ހިދުމަތް ދޭއިރު ލިބެންޖެހޭ އުޖޫރަ ދިނުމުގައި ތަފާތު ކުރުން ގެންގުޅޭތީ ޞިއްހީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ފާޅުގައާއި، އޮފީސް މާހައުލުގައިވެސް ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖް ކުރަމުންނެވެ. އަދި ގިނަ ސިއްޙީ ޚިދުމަތްތެރިން ސޯޝަލް މީޑިޔާގައި އެބޭފުޅުންގެ ކަންބޮޑުވުން ފާޅުކޮށް ހިދުމަތް ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމް ކުރުމަށް އަޑު އުފުލަމުން ގެންދެއެވެ.

ސިއްހީ ދާއިރާގެ ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ފާޅުކުރަމުން ގެންދާ މި ކަންބޮޑުވުންތަކާއި ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަނީ އެބޭފުޅުންގެ ހިމޭން އިހުތިޖާޖަށް ހިއްވަރު ދެއްވާފަ އެވެ. މިއަދު ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ އެތައް ބަޔަކު ވަޒީފާގެ އޮނިގަނޑެއްނެތި ވަޒީފާ އަދާކުރާނެ ރަނގަޅު މާހައުލެއް ނެތުމަކީވެސް އެބޭފުޅުންގެ ކަންބޮޑުވުންތަކެއް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

"ސިއްޙީ ދާއިރާގައި މަސައްކަތްކުރާ އެތަކެއްބައެއްގެ ވަޒީފާގެ އޮނިގަނޑު ނެތުމަކީ އެމީހުންނަށް ވަޒީފާގެ ކުރިއެރުމާއި އެހެނިހެން ހައްގުތައްވެސް ލިބުމަށް އޮތް ހުރަހެއް. އަބުރުވެރި ދިރިއުޅުމެއް ހޯދުމަށް އެމީހުން އެކުރާ ހިމޭން އިހުތިޖާޖު ހަމަރަނގަޅު." އަލީ ހުސެއިން ވިދާޅުވި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި ކަންބޮޑުވާން ޖެހޭ ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އެދާއިރާގެ ގިނަބަޔަކު ބުނަމުންދާއިރު. މި ސަރުކާރުން އެ މައްސަލަތައް ހައްލުކޮށް ސިއްހީ ނިޒާމު ހަރުދަނާ ކުރާނެ ކަމުގެ އުއްމީދު ކުރިން އޮތް ނަމަވެސް، ދުވަހެއް ދުވަހަކަށް ހާލަތު ދަށަށް ދާ ކަމަށް އެދާއިރާގެ ބައެއް ހިދުމަތްތެރިން ދަނީ ބުނަމުންނެވެ.

ހެލްތު މިނިސްޓްރީގައި މިވަގުތުވެސް މުހިންމު ގިނަ މަޤާމުތައް ހުސްކޮށް އެބަހުއްޓެވެ. އޭގެ ތެރޭގައި ޑިރެކްޓަރ ޖެނެރަލް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީ، ޑިރެކްޓަރު ޖެނެރަލް އޮފް ނެޝެނަލް ބްލަޑް ސާވިސަސް، ހިމަޓޮލިޖިސްޓް (ލޭ އެޅުމާ ތެލެސީމިއާގެ ކަންކަން ބަލަހައްޓަން)، ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމު ހިމެނެއެވެ. ނަމަވެސް 4 އަހަރަށްފަހު ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަށް ވަނީ އިއުލާން ކޮށްފައެވެ.

ކުރާ މަސައްކަތާއި އެކަށީގެންވާ ވަރުގެ އުޖޫރައެއް ދިނުމަށް އެދި ސިއްޙީ ދާއިރާގެ ޚިދުމަތްތެރީން މިހާރުވެސް ދަނީ ސޯޝަލް މީޑިޔާގައި ހިމޭން އިހުތިޖާޖެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން