މިއަހަރުގެ މިހާތަނަށް ޕީއެސްއައިޕީ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 4.1 ބިލިއަން ރުފިޔާ ކަމަށް މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި 09 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް މިހާތަނަށް ހޭދަކޮށްފައިވަނީ 4.1 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީއަށް ޚަރަދު ކުރުމަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޕީ.އެސް.އައި.ޕީ ޚަރަދުގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭ ތަފާތު އެކި މަޝްރޫޢުތަކަށެވެ. އެގޮތުން މިފަދަ މަޝްރޫޢުތަކަށް ޖުމުލަ 2.6 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން ބޯހިޔާވަހިކަމުގެ އެކިއެކި މަޝްރޫއުތަކަށް 131.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ.
ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 3.3 ބިލިއަން ރުފިޔާއެވެ. އެގޮތުން، މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 2.9 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފައެވެ.
ދައުލަތުގެ ބަޖެޓުން މިއަހަރު ޖުމްލަ 25.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 15.5 އިންސައްތަ ދަށް އަދަދެކެވެ. އެއާއެކު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް 868.7 މިލިއަން ރުފިޔާގެ ސަރޕްލަސެއްގައި ވަނީ ދެމެހެއްޓިފައި ކަމަށް ރިޕޯޓްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު