ވަކި މީހަކަށް އަމާޒުކޮށް އޭނާއަކީ ވަގެކޭ ބުނުމުން ޓީވީއަކަށް އަރާ "ތިމަންނައަކީ ވަގެއް ނޫނޭ" ބުނުމަކުން ނުފެދޭ ކަމަށާއި، އެކުރެވޭ ތުހުމަތުތަކަކީ ރަނގަޅު ތުހުމަތުތަކެއް ނޫންކަމަށް ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށް ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިއަންދު ވިދާޅުވެއްޖެ އެވެ.

ޒަރިޔަންދު މިފަދަ ގޮތަކަށް ޓްވީޓެއް ކުރައްވާފައިވަނީ ފެނަކައާ ގުޅުން ހުރި ގިނަ މައްސަލަތަކެއް އޭސީސީ އަށް ހުށަހަޅައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައި ވީނަމަވެސް މަގާމުގައި ހުންނަވައިގެން މިހާތަނަށް ހިންގެވި ވައްކަމެއް، ކޮރަޕްޝަނެއް އަދި ރިޝްވަތުގެ އަމަލެއް ވެސް ނޯންނާނެ ކަމަށް ޓިވީއެއްގައި ވިދާޅުވުމާއި ގުޅިގެންނެވެ.

ޒަރިޔަންދު ވިދާޅުވީ ވައްކަމެއްގެ ތުހުމަތުތަކެއް ކުރުމުން އެކަމުން ބަރީޢަވާން އޮތް އެންމެ ރަނގަޅު ގޮތަކީ "ޓީވީތަކަށް އަރައި މަށަކީ ވަގެއްނޫންކަމަށް" ބުނުން ނޫންކަމަށެވެ. ތުހުމަތު ކުރެވޭ ކަމަކީ ކޮބައިކަން ބަލައި އެކަންކަން ތަހުގީގްކޮށް އެ ރިޕޯޓް ރައްޔިތުންނާއި ހަމަޔަށް ހާމަކުރުމަކީ ރައްޔިތުންގެ ހިތުގައިވެސް އުފެދޭ ސުވާލުތަކަށް ދެވޭނެ ޖަވާބެއްކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

"ތިމަންމެންގެ ޒިންމާގެ ދަށުގައިވާ އޮފީހަކުން ކޮރަޕްޝަނާއި ހިޔާނާތުގެ ޢަމަލު ހިންގާކަމަށް އާއްމު ތުހުމަތެއް ދައުރުވާންފަށާ ކޮންމެ ފަހަރަކު، ޓީވީއަކަށް އަރާ "ތިމަންނައަކީ ވަގެއް ނޫނޭ" ކޮންމެ ބޭފުޅަކު ވިދާޅުވުމުގެ ބަދަލުގައި، އެކަން އަވަހަށް ތަޙްޤީޤުކުރުވާ ރިޕޯޓުތައް ޢާއްމުކުރައްވާ." ޒަރިޔަންދު ވިދާޅުވި އެވެ.

ޒަރިޔަންދު ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ބަދަލުކޮށް އާ ބޯޑް އެކުލަވާލި ނަމަވެސް ކޮރަޕްޝަން ހުއްޓުވުމުގައި ދަތިތަކެއްހުރި ކަމުގެ އިޝާރެއްވެސް ކުރައްވާފައެވެ. އެގޮތުން ބޯޑް ބަދަލު ކުރީވެސް ކޮރަޕްޝަން ނައްތާލުމަށް ކަމަށާއި ސިޔާސީ ވެރިންގެ އަތްދަށު ލާފައިވާ ތަނެއް މިނިވަން ވުމުން ރައްޔިތުންނަށްވެސް އެ އުންމީދު އާވެގެން ދިޔަ ކަމަށެވެ.

"މި ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ ޚިޔާނާތް ހުއްޓުމަކަށް ގެންނާނެ ކަމަށް އުންމީދުކުރިން، އޭރުއޮތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ބަދަލުކުރީ ސިޔާސީވެރިން ސީދާގޮތުގައި ކުންފުނިތަކަށް އެންގުންތައް އަންގައިގެން "ގޮނޑިކޮއްކޮ" އުސޫލެއް ގެންގުޅުނަ ނުދިނުމަށް ކަމަށް ހީކުރިން. ކޮރަޕްޝަން ހުއްޓުވަންޖެހޭ." ޒަރިޔަންދު ވިދާޅުވި އެވެ.

ފެނަކައާ ގުޅޭ 28 މައްސަލައެއް މެނޭޖިން ޑިރެކްޓަރަށް ކުރާ ތުހުމަތުތަކަކާ އެކު އޭސީސީއަށް ހުށަހެޅީ އެ ކުންފުނީގެ މުވައްޒަފުންތަކެކެވެ. އޭގެ ތެރެއިން 22 މައްސަލައެއް ތަހުގީގު ކުރަން އެ ކޮމިޝަނުން އިއްޔެ ވަނީ ނިންމައިފަ އެވެ. މި ތުހުމަތުތަކަށް ރާއްޖެ ޓީވީގައި ސައީދު ވިދާޅުވީ އެ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އެއީ ބަޔަކު ރާވައިގެން އޭނާއާ ދެކޮޅަށް ހިންގާ ކަމެއް ކަމުގެ ތުހުމަތު އޭނާ ވަނީ ކުރައްވާފަ އެވެ.

ފެނަކައާ ގުޅޭ 28 މައްސަލައެއް މެނޭޖިން ޑިރެކްޓަރަށް ކުރާ ތުހުމަތުތަކަކާ އެކު އޭސީސީއަށް ހުށަހެޅީ އެ ކުންފުނީގެ މުވައްޒަފުންތަކެކެވެ. އޭގެ ތެރެއިން 22 މައްސަލައެއް ތަހުގީގު ކުރަން އެ ކޮމިޝަނުން އިއްޔެ ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


2

ހަސަންނަޖުމީ

24-Sep-2020

ޒަރިޔަންދުގެ ލާރިގަނޑެއް ކައްވާލީތަ ކަލޯ؟



ޓްރެންޑިން