އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ފާރިހަތު ވަޙީދު އައްޔަންކޮށްފިއެވެ.
އޮޕަރޭޝަންސް ޑިރެކްޓަރުކަމަށް ފާރިހަތު އައްޔަނުކުރިކަން ފާހަގަކުރަމުން އެސްޑީއެފްސީ އިން ބުނީ އޮޕަރޭޝަންސް ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުނީގެ އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސްގެ އިތުރުން މާކެޓިން އާއި ބިޒްނަސް ޑިވެލޮޕްމަންޓް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްތައް ފާރިހަތު ބަލަހައްޓަވާނެ ކަމަށެވެ.
ފާރިހަތު އެ މަގާމަށް އައްޔަންކުރުމުން މަރުހަބާ ވިދާޅުވެ، އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރު ބަދުރުއްދީން ޙަސަން ވިދާޅުވީ ފައިނޭންޝަލް ސަރވިސަސް، ސްޓްރެޓެޖިކް ޗޭންޖް މެނޭޖްމަންޓް، އަދި މުހިންމު ޕާޓްނަރޝިޕްތައް ބެލެހެއްޓުމުގައި ފާރިހަތު ހޯއްދަވާފައިވާ ތަޖުރިބާއާއެކު، ކުންފުނީގެ އޮޕަރޭޝަންސް އިތުރަށް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް ކުންފުނިން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މޮނާޝް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަަރ އޮފް އިންޓަރނޭޝަނަލް ބިޒްނަސް އަދި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކަރސްއިން ޗާޓަޑް ބޭންކަރ ޕްރޮފެޝަނަލް ކޮލިފިކޭޝަން ހާސިލު ކުރައްވައިފައިވާ ފާރިހަތު ވަނީ ބޭންކިންގ އަދި ފައިނޭންޝަލް ސަރވިސަސް ދާއިރާގައި 19 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވައިފައެވެ.
އެސްޑީއެފްސީއާ ގުޅިވަޑައިގަތުމުގެ ކުރިން ފާރިހަތު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހެޑް އޮފް ކާޑު ނެޓްވޯކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނާޝިޕްސްގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު