ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަޖިލިސް ރައީސް އިނގިރޭސި ވިލާތަށް ކުރެއްވި ނުރަސްމީ ދަތުފުޅު ނިންމަވާލުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފައިވާކަމަށެވެ. އަދި މިވަގުތު ހުންނެވީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑް ލައިނާއި އެއްގޮތަށް ކަރަންޓީނުގައިކަމަށް މަޖިލިސް އިދާރާއިން ހާމަކޮށްފައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދު މާލެ ވަޑައިގަންނަވައިފި. އެމަނިކުފާނު މިވަގުތު ހުންނެވީ ކަރަންޓީނުގައި." ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގަ އެވެ. އެމަނިކުފާނުގެ މިދަތަރުފުޅުގެ ތެރެއިން މުހިންމު ބައެއް މަސައްކަތްތަކެއްވެސް ކުރައްވާފައި ވެއެވެ. އެގޮތުން ޑިމޮކްރަސީ ހަފްތާ ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޔޫރަޕިއަން ޔޫނިއަންގެ ހައިލެވެލް ސެޝަންގައި ބައިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ކޯވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަހަރު ފުރަތަމަ ފަހަރަށް ޗުއްޓީއަށް ވަޑައިގެންނެވީ މިމަހުގެ 6 ވަނަ ދުވަހުގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ފެށޭނީ އަންނަ މަހުގެ 5 ވާ ހޯމަ ދުވަހުގަ އެވެ. މަޖިލީހުގެ ފަހު ދައުރުގެ މަސައްކަތް ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން