ހއ. އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ފައިނަލް ކުރެހުންތައް ކަމަށް ވިދާޅުވެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ހިއްސާ ކުރެއްވީ ހޯރަފުށީގައި ސަރުކާރުން އަޅާ ހޮސްޕިޓަލުގެ ކުރެހުންތައް ކަމަށް ބުނެ ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފިއެވެ.

ހއ. އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އިހަވަންދިއްޕޮޅު ހޮސްޕިޓަލުގެ ފައިނަލް ކުރެހުންތައް ކަމަށް ވިދާޅުވެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވަނީ ހޮސްޕިޓަލުގެ ކުރެހުންތަކެއް އޭނާގެ ފޭސްބުކު އެކައުންޓުން ހިއްސާ ކުރައްވާފައެވެ. މެމްބަރު ޝިފާޢު ވިދާޅުވީ ރޭ އޭނާ ހިއްސާކުރެއްވީ ހޮސްޕިޓަލުގެ ފައިނަލް ކުރެހުންތައް ކަމަށެވެ.



އެހެން ނަމަވެސް ޝިފާއު ރޭ ހިއްސާކުރެއްވީ ހއ. ހޯރަފުށީގައި ސަރުކާރުން އަޅަން ނިއްމައި ފައިނަލް ކޮށްފައިވާ ކުރެހުންތައް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އޭނާ ދާއިރާގެ ރައްޔިތުންނަށް އޮޅުވާލާފައިވާތީ އެކަމަށް ފާޑު ކިޔަމުންނެވެ. ދެ ބުރީގެ މި އިމާރާތުގެ ކުރެހުންތައް ހިއްސާކުރައްވަމުން އިހަވަންދިއްޕޮޅު ހޮސްޕިޓަލް އެއީ އިހަވަންދޫގެ ކުރިމަގު ކަމަށް ޝިފާޢު ވިދާޅުވިއެވެ. އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވީ ހޮސްޕިޓަލްގެ ބިމުގައި 3 އިމާރާތެއް ހުންނާނެ ކަމަށެވެ. އެއީ ހޮސްޕިޓަލް، އެކޮމަޑޭޝަން ބުލޮކު، އަދި ސަރވިސް ބިލްޑިންގ އެވެ.



އެކޮމަޑޭޝަން ބުލޮކުގައި ޖުމުލަ 8 އެޕާޓުމަންޓު ހުންނައިރު ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި  ބައެއް މުވައްޒަފުންގެ އެކަމަޑޭޝަނަށް 8 އެޕާޓުމަންޓު ހުންނަ ކަމަށްވެއެވެ. އެއީ 1 ރޫމުގެ 4 އެޕާޓުމަންޓާއި، 2 ރޫމުގެ 4 އެޕާޓުމަންޓެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން