ރައްޔިތުން ދައްކަނީ މިސަރުކާރުން ޤައުމު ލޫޓުވަމުންދާ ވާހަކަ ކަމާއި، ރައްޔިތުންގެ މި ވާހަކަތަކަށް ބީރު ކަންފަތެއް ދީގެން ސަރުކާރަށް ތާއަބަދު ނޯވެވޭނެކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އޮކްޓޯބަރ 3 ވަނަ ދުވަހު އެމްޑީޕީ އިން ބާއްވާ އިހްތިޖާޖަށް ތައްޔާރުވުމަށް މާލޭގައި ދޮރުން ދޮރަށް ހިނގާލާ، ރަށުތެރެއިން ދިމާވި އެކި އުމުރުފުރާގެ، އެކި ރަށްރަށަށް ނިސްބަތްވާ ބޭފުޅުންވެސް ދެއްކެވީ މިސަރުކާރުން ޤައުމު ލޫޓުވަމުންދާ ވާހަކަ ކަމަށް ފާހަގަކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޝާހިދު ވިދާޅުވީ، މިސަރުކާރުން ޤައުމު ލޫޓުވަމުންދާއިރު، އެކަމުގަ ހުރި ނުރައްކާތެރިކަމުގެ ވާހަކަ އާއި، މިކަމުން ސަލާމަތް ވާންޖެހޭ ވާހަކަވެސް ރައްުޔިތުން ފާހަގަ ކުރި ކަމަށެވެ.

"ރަށުތެރެއިން ދިމާވި އެކި އުމުރުފުރާގެ، އެކި ރަށްރަށަށް ނިސްބަތްވާ ބޭފުޅުންވެސް އެކި މިސާލު ނަންގަވަމުން ދެއްކެވީ އެއް ވާހަކައެއް: ސަރުކާރުން ހައްޤަކަށްފަހު ހައްޤެއް، މުވައްސަސާއަކަށްފަހު މުވައްސަސާއެއް ލޫޓުވަމުންދާ ވާހަކަ، އެކަމުގެ ނުރައްކާތެރިކަމުގެ ވާހަކަ، އެކަމުން ސަލާމަތްވާން ޖެހޭ ވާހަކަ." ޝާހިދު ވިދާޅުވިއެވެ.



ޝާހިދު ވިދާޅުވީ ރައްޔިތުންގެ އަޑަށް ބީރު ކަންފަތެއް ދީގެން މިސަރުކާރަށް ތާއަބަދު ނޯވެވޭނެ ކަމަށެވެ. އެގޮތުން ސަރުކާރުން ގައުމު ލޫޓުވުމާ ދެކޮޅަށް ރައްޔިތުންގެ އަޑު އިއްވަން، އޮކްޓޫބަރު 3 ގައި އިހްތިޖާޖަށް ނިކުތުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު