ރާއްޖޭގައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އާއި ބައްދަލުކުރައްވަނީ
ރާއްޖޭގައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އާއި ބައްދަލުކުރައްވަނީ
ރާއްޖެއަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުތައް ނުދެއްކިއްޖެ ނަމަ އޭގެ ބަދަލުގައި އެ ގައުމަށް ރާއްޖޭގެ ރަށްތަކެއް ދޫކޮށްލަން ޖެހޭނެ ކަމަށް ދައްކާ ވާހަކަ ތައް ރާއްޖޭގައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ދޮގުކުރައްވައިފިއެވެ.

ޓްވިޓާގައި އާންމުކުރެއްވި ވީޑިއޯ މެސެެޖެއްގައި ޗައިނާ ސަފީރު ވިދާޅުވީ އެއްވެސް ގައުމަކަށް ދޫކޮށްފައިވާ ލޯނެެއްގެ ފައިސާ، އެގައުމަކަށް އުނދަގޫ ވަގުތެއްގައި ދައްކަން ޗައިނާއިން އެއްވެސް އިރެއްގައި ބާރު އަޅާފައި ނުވާނެ ކަމަށެވެ. މުސްތަގުބަލުގައި އެފަދަ ހާލަތެއް މެދުވެރި ވިޔަސް އެކަން ހައްލުކުރާނީ ބައިނަލްއަގުވާމީ އުސޫލުތަކާ އެއްގޮތަށް ދެފަރާތުން ވާހަކަ ދައްކައިގެން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ލޯނުތައް ނުދެއްކިއްޖެ ނަމަ އެގޮތަށް ކަންތައް ކުރާނެ ކަމަށްް ބުނާ ފަރާތްތަކުން އެ ދައްކާ ވާހަކަ އަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ހަދައިގެން ދައްކާ ވާހަކައެއް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. އެއީ ތަރައްގީ ވަމުން އަންނަ އެހެން ގައުމުތަކާ ޗައިނާއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރުވަން ވެގެން ދައްކާ ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝޭޓިވްއަށް ހުރަސްއަޅަަން ދައްކާ ވާހަކައެއް ކަަމަށްވެސް ސަފީރު ވިދާޅުވިއެވެ. ލޯނުތައް ނުދެއްކިއްޖެ ނަމަ އެގޮތަށް ކަންތައް ކުރާނެ ކަމަށްް ބުނާ ފަރާތްތަކުން އެ ދައްކާ ވާހަކަ އަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ހަދައިގެން ދައްކާ ވާހަކައެއް ކަމަށް ވެސް ސަފީރު ސިފަކުރެއްވި އެވެ. އެއީ ތަރައްގީ ވަމުން އަންނަ އެހެން ގައުމުތަކާ ޗައިނާއާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރުވަން ވެގެން ދައްކާ ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.



ޗައިނާއިން ލޯނުތައްް ދޫކުރަނީ ދަރަނީގެ މަޅިއަކަށް ވާ ގޮތަށް ކަމަށާއި އެގޮތުން ދޫކުރާ ލޯނުތައް ނުދެއްކިއްޖެ ނަމަ ރާއްޖޭގެ ރަށްތަކެއް އެގައުމާ ހަވާލުކުރަން ޖެހޭނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު އެގޮތަށް ވާހަކަފުޅުދައްކަވާ ކޮންމެ ފަހަރަކު ޗައިނާގެ ފަރާތުން ސަފީރު ޖަންގް އެވާހަކަތަކަށް ރައްދު ދެއްވަމުން ގެންދަވައެވެ. ސަފީރު މިފަދަ ވީޑިއޯއެއް އާއްމު މިކުރެއްވީ ޗައިނާއިން ލޯނު ދޭ ގޮތާއި މެދު ރައީސް ނަޝީދު ބީބީސީ އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވާފައިވަނިކޮށެވެ.

މިފަހުން ޗައިނާ ސަފީރު ގެންދަވަނީ ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތަކާއި މެދު ވަރަށް ތަފުސީލީ ނަޒަރަކުން ބައްލަވައިލައްވައި ވިޑިއޯ މެސެޖް ތަކެއް އާންމު ކުރަށްވަމުންނެވެ. އެގޮތުން ޗައިނާއިން ދިވެހި ސަރުކާރަށް ދީފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކަށް ވިޔަފާރި އުސޫލުން ދީފައިވާ ލޯނުތައް ފަސް ކުރުމާބެހޭގޮތުން ޗައިނާއާއި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި އަދި މިކަމުގައި އެދެވޭ ކުރިއެރުން ތަކެއް ލިބި ރަނގަޅު ނަތީޖާއަކާއި ހަމައަށް ވާސިލުވެވިފައިވާ ކަމުގައި ވެސް ޗައިނާ ސަފީރުގެ މެސެޖެއްގައި ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ތިމަންނަ

24-Sep-2020

ކަތުރު ފައްޏަކީ ހަމައެކަނި ލަކުޑީގައި އަޅާއެއްޗެއް ނޫނެވެ.



ޓްރެންޑިން