ބީއެމްއެލްގެ އޭޓީއެމް
ބީއެމްއެލްގެ އޭޓީއެމް
ވ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ގާއިމު ކޮށްފިއެވެ.

ބީއެމްއެލްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އިއްޔެ ވަނީ ވ. ފުލިދޫއާއި ތިނަދޫގައި އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފައެވެ. އަދި މިއަދު ވަނީ ވ. ރަކީދޫގައި މިޚިދުމަތް ފަށާފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް މިއަދު ވިދާޅުވީ، އަލަށް ތައާރަފުކުރި އޭޓީއެމްތަކާއެކު މިހާރު ވ. އަތޮޅުގެ ފުލިދޫ، ތިނަދޫ، ކެޔޮދޫ، ރަކީދޫގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ލިބެން ހުންނާނެ ކަމަށެވެ. އަދި ފެލިދޫގައި ގާއިމުކޮށްފައިވާ ބްރާންޗުންވެސް ބޭންކިންގ ޚިދުމަތް ލިބޭނެއެވެ.

ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާއެކު ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އަތޮޅުގެ ރައްޔިތުންނާ ވީހާވެސް ގާތުން އަސާސީ ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ލަނޑުދަނޑި ހާސިލުކުރެވުނީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން މިހާރު ވަނީ، މުޅި ރާއްޖޭގެ 20 އަތޮޅުގައި އެބޭންކުގެ 42 ބްރާންޗާއި، 165 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރާއި، 225 އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު