ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ބޮޑުކުށެއްގެ ގޮތުގައި ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ތިންވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި މަހުގެ 6 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރި މިބިލުގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި 11 ކުށެއް ކަނޑައަޅައި، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަންޖެހޭ ގޮތަށް މަޖިލީހުން ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.
ގާނޫނަށް ކޮމިޓީއިން ގެނައި އިސްލާހާއެކު ބޮޑެތި ކުށުގެ ތެރޭގައި ދެން ހިމެނެނީ 12 ކުށެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ހިމެނޭ ކުށްތަކުގެ ތެރޭގައި މީހުން މެރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށްތައް އަދި މަނީ ލޯންޑްރިންގެ ކުށްތަކުގެ އިތުރުން މީހުން ޓްރެފިކް ކުރުމުގެ ކުށްތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތައްވެސް ހިމެނެ އެވެ.
ޖިނާއީ އިޖުރާތު ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޮނުވި ބިލު މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ. ބިލުގައި ޖިނާއީ ބޮޑުކުށެއްގެ ގޮތުގައި 11 ކުށެއް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. ބިލުކޮމިޓީން ފާސްކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.
ބިލުގައި ކަނޑައަޅާފައިވާ ޖިނާއީ ބޮޑެތިކުށްތައް:-
- މީހުން މެރުމުގެ ކުށް
- ރޭޕް ކުރުމުގެ ކުށް
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް
- ޓެރަރިޒަމްގެ ކުށް
- މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް
- ޓްރެފިކް ކުރުމުގެ ކުށް
- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް
- އެއްލައްކައަށްވުރެ މަތީ ފައިސާގެ އަދަދު ހިމެނޭކުށް
- ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
- ރިޝްވަތުގެ ކުށް
- ކޮރަޕްޝަންގެ ކުށް
ޖިނާއީ އިޖުރާތުގެ ޤާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކަށްވެސް ބޮޑެތި އިޚްތިޔާރުތަކާއި ބާރުތައް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން ތަޙްޤީޤުކުރަމުންދާ ޖިނާއީ ކުށަކާއި ގުޅިގެން ޢާންމު ތަނަކަށް ވަންނަންޖެހިއްޖެނަމަ، ކޯޓު އަމުރަކާއި ނުލައި، އެ ތަނަކަށް ވަނުމުގެ ބާރު، ޤާނޫނު ތަންފީޛުކުރާ ކޮންމެ އިދާރާއަކަށް ލިބިގެންވާކަމަށް ބިލުގައި ހިމަނާފައިވެއެވެ.
ޤާނޫނަށް ގެެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ބަންދުގައި ބަހައްޓައިގެން ފުލުހުން މީހަކާއި ސުވާލުކުރާ ޙާލަތުގައި، އޭނާ އާއި ސުވާލުކުރަން ފެށުމުގެކުރިން، އޭނާގެ ޤާނޫނީ ވަކީލަށް ނުވަތަ އޭނާގެ ތިމާގެ މީހަކަށް ނުވަތަ އޭނާގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން މީހަކަށް ފޯނުކުރުމުގެ ފުރުޞަތުދީ، އޭނާ ހުރިތަނެއް ބަޔާންކުރުމުގެ ފުރުޞަތު ދިނުމަށްވެސް ބިލުގައި ހިމަނާފައި ވެއެވެ.
އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ޒާތީ މުއާމަލާތު ކޯޓު އަމުރެއްގެ ދަށުން އަޑުއެހުމުގެ އިހުތިޔާރު ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދޭންވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު