އަހުމަދު ޝާހް   22 ސެޕްޓެމްބަރު 2025 - 12:55
ފަރަށް އެރި ދީއްދޫ މެގަ ހޯރަ ބޯޓު
ފަރަށް އެރި ދީއްދޫ މެގަ ހޯރަ ބޯޓު
ރޭ 12 ޖާހަކަށްހާއިރު ފަރަށް އެރި ހއ. ދިއްދޫ މެގަ ހޯރަ ބޯޑު މިއަދު ފުންކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ދިޔަވަރު ބޮޑުވުމުން، މެގަ ހޯރަ ބޯޓު، އެހެން ދެ އުޅަނދެއްގައި ކަފުޖަހައިގެން މިއަދު 09:35 ހާއިރު ފުންކޮށްފައިވާ ކަމަށެވެ.

އެބޯޓު ފަރަށް އަރާފައިވަނީ ނ. ވަވަތިކުރޮޅި ފަރަށް ކަމަށާއި ބޯޓުގައި 61 މީހުން ތިބިކަމަށް އެމްއެމްޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

98 ފޫޓުގެ އެ ބޯޓު ރޭ ފަރަށް އެރުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ވަނީ ބޯޓު ފުން ކުރުމުގައި ޙަރަކާތްތެރި ވެފައެވެ.

އެ ބޯޓް ފަރަށް އެރީ މާލެއިން ވަރަށް ގިނަ އަދަދެއްގެ މުދާ ބަރުކޮށްގެން ދިއްދުއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެ ބޯޓުން ޚިދުމަތް ދޭން ފެށީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު